logoEN
WAMCO TOP 1
އދ ގެ ފުރަތަމަ ގްލޯބަލް އޭއައި ގަވަރނަންސް ޑައިލޮގްގައި ރާއްޖެއިން ބައިވެރިވެއްޖެ

އދ ގެ ފުރަތަމަ ގްލޯބަލް އޭއައި ގަވަރނަންސް ޑައިލޮގްގައި ރާއްޖެއިން ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

7/7/2026, 9:15:52 AM

# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

-

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން އދ. އިން އިސްނަގައިގެން ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބައްދަލުވުން ކަމަށްވާ "ޔޫއެން ގްލޯބަލް ޑައިލޮގް އޮން އާޓިފިޝަލް އިންޓެލިޖެންސް ގަވަރނަންސް" ގައި ދިވެހިރާއްޖޭން ބައިވެރިވެއްޖެއެވެ.

THE TRAVELLER AD

ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ މި ބޮޑު ސަމިޓުގައި ދިވެހިރާއްޖޭގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާއިރު، މި ވަފުދު އެންމެ އިސްކޮށް ހުންނަވައިގެން ލީޑުކުރައްވަނީ ހޯމް މިނިސްޓަރު ޢަލީ އިޙުސާނެވެ.

މިއީ އޭއައިގެ ދާއިރާއިން ބައިނަލްއަގުވާމީ ސިޔާސަތުތައް ބައިނަލަގްވާމީ ފެންވަރުގައި اކަނޑައެޅުމުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ބޮޑު ހަރަކާތެވެ.

މި ޚާއްސަ ވަފުދުގައި ހޯމް މިނިސްޓްރީގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލް އާއި ޕީޖީ އޮފީހުގެ ފަންނީ ބޭފުޅުން ވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައެވެ

މި ޑައިލޮގްގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއް ޝާމިލުވާ، ހާމަކަން ބޮޑު އަދި ޒިންމާދާރު ގޮތެއްގައި އޭއައިގެ ވަސީލަތްތައް ބޭނުންކުރެވޭނެ ފަދަ ހަރުދަނާ ގަވަރނަންސް ނިޒާމެއް ބިނާކުރުމަށް މަގުފަހިކުރުމެވެ.

ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންގެ ހައްގުތަކަށާއި ގައުމުތަކުގެ ސަލާމަތަށް ނުރައްކާނުވާނެހެން އޭއައި މެނޭޖްކުރާނެ އުސޫލުތައް ހެދުމަށް ދުނިޔޭގެ ލީޑަރުންނާއި ޓެކް މާހިރުން މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެއެވެ. ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އަޑު މިފަދަ ބައިނަލްއަގުވާމީ މައިދާނެއްގައި އިއްވުމަކީ ނުހަނު މުހިންމު ކަމެކެވެ.

ހޯމް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މި ސަމިޓުގެ ތެރެއިން ލިބޭ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ދާޚިލީ ސަލާމަތާއި، ޖިނާއީ ތަހުގީގުތަކުގެ ނިޒާމާއި، އަދި ޝަރުއީ ދާއިރާގައި ޒަމާނީ އޭއައި ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC