
-
ކައްކަން އުޅޭއިރު ފިޔާ ކޮށުމަކީ ގިނަ ބަޔަކަށް ކަރުނަ އަޅަންޖެހޭ، އުނދަގޫ ކަމެކެވެ.

މިއީ ހިތްދަތިވެގެން ނުވަތަ ދެރަވެގެން އަންނަ ކަރުނައެއް ނޫނެވެ. މިއީ ފިޔާގެ ކޮންމެ ސެލްއެއްގެ ތެރޭގައި ފޮރުވިފައިވާ ސައިންޓިފިކް ސިއްރެކެވެ.
ފިޔާ ކޮށާއިރު ކަރުނަ އަންނަނީ ކީއްވެ؟
ފިޔާ ކޮށަން ފެށުމުން ނުވަތަ އޭގެ ސެލްތަކަށް ގެއްލުންވުމުން، "އެލީނޭސް"ކިޔާ އެންޒައިމެއް ބޭރުވެއެވެ. މިއީ ފިޔާ ކާންއުޅޭ ސޫފިތަކާއި ޖަނަވާރުން ދުރުކުރުމަށްޓަކައި، އޭގެ އަމިއްލަ ދިފާއުގައި އުފައްދާ ސަލްފަރ މާއްދާއެކެވެ. މި ގޭސް ވައިގެ ތެރެއަށް ފެތުރި، އަހަރެމެންގެ ލޮލާއި ނޭފަތަށް ފޯރުމުން ލޮލުން ކަރުނަ އަންނަން މެދުވެރިވެއެވެ.
މި ސަލްފަރ ކޮމްޕައުންޑްތަކަކީ އާންމު ފިނިހޫނުމިނުގައި ނުވަތަ ރޫމް ޓެމްޕަރޭޗަރ އަށް ވަރަށް ބާރުގަދަ އެއްޗެހިތަކެކެވެ. ނަމަވެސް، ފިނި މާހައުލެއްގައި މި އެންޒައިމްގެ ބާރު ވަރަށް ބޮޑަށް ދަށްވެއެވެ.
އެހެންކަމުން، ފިޔާ ކޮށުމުގެ އެއްގަޑިއިރު ނުވަތަ ދެގަޑިއިރު ކުރިން ފިޔާ ފްރިޖަށްލާފައި ފިނިކުރުމަށްފަހު ކޮށަން ފެށުމުން، ލޮލުން ކަރުނަ ނައިސް ފަސޭހަކަމާއެކު ފިޔާ ކޮށާލެވޭނެއެވެ.
މިއީ ބަދިގޭގައި ތަޖުރިބާކޮށްލަން ވަރަށް ފައިދާހުރި، ފަސޭހަ އުކުޅެކެވެ.





