logoEN
WAMCO TOP 1
ސްމޫތީ ހަދަން އެންމެ ރަނގަޅީ ތާޒާ މޭވާތަ، ނުވަތަ ގަނޑުކުރި މޭވާތަ؟

ސްމޫތީ ހަދަން އެންމެ ރަނގަޅީ ތާޒާ މޭވާތަ، ނުވަތަ ގަނޑުކުރި މޭވާތަ؟

ސާރާ އަހުމަދު

logo

7/4/2026, 1:14:47 PM

# ސިއްހަތު

-

ހޫނު ގަދަ ދުވަސްތަކުގައި ހަށިގަނޑަށް ފިނިކަމާއި ހަކަތަ ހޯދުމަށް ގިނަ ބަޔަކު ޚިޔާރުކުރަނީ މޭވާގެ ތަފާތު ސްމޫތީތަކެވެ. ނަމަވެސް، ސްމޫތީ ހަދާއިރު ބޭނުންކުރަން އެންމެ ރަނގަޅީ ގަނޑުކޮށްފައި ހުންނަ މޭވާތަ ނުވަތަ ތާޒާ މޭވާތަ؟

THE TRAVELLER AD

ސްމޫތީއެއްގެ ޓެކްސްޗާރއަށް ބަލާއިރު، ގަނޑުކުރި މޭވާ ބޭނުންކޮށްގެން ހަދާ ސްމޫތީތައް މާ ބޮޑަށް ވެސް އޮމާނެވެ. މޭވާ ގަނޑުވުމުން އޭގެ ތެރޭގައި އުފެދޭ ކުދި އައިސް ކްރިސްޓަލްތަކުގެ ސަބަބުން، ބްލެންޑް ކުރާއިރު ސްމޫތީއަށް އޮމާން އަދި އައިސްކްރީމް ފަދަ ގޮތެއް ހުރެއެވެ. އެއާ ޚިލާފަށް ތާޒާ މޭވާއިން ހަދާ ސްމޫތީތައް ހުންނަނީ ފެން ފަދަ އެހާ ކްރީމީ ނޫން ގޮތަކަށެވެ. މީގެ އިތުރުން، ތާޒާ މޭވާއަށް އައިސް ކިއުބް އެޅުމުން ސްމޫތީ ދިޔާވެގެންދެއެވެ.

ރަހައިގެ ގޮތުން ގިނަ ފަހަރަށް ގަނޑުކުރި މޭވާ މާ މީރެވެ. ސަބަބަކީ ގަނޑުކުރި ބެރީސްތައް ބިނދެފައި ހުންނަނީ އެ މޭވާ އެންމެ ފުރިހަމައަށް ދޮންވާ ދުވަސްވަރު ކަމަށްވެފައި، ވަގުތުން ގަނޑުކުރާތީ އޭގެ ފޮނިކަމާއި މީރުވަސް ހިފެހެއްޓިފައި ހުރުމެވެ.. އެކަމަކު، ދޮންވެ ފުރިހަމަވެފައިވާ ތާޒާ މޭވާއެއް ލިބިއްޖެނަމަ، އޭގެ ރަހަ ފްރޯޒަން އެއްޗެއްސަށްވުރެ މާ މީރުވާނެއެވެ.

ބެރީސް އެކަނި ބޭނުންކޮށްގެން ހަދާ ސްމޫތީތަކުގެ ކުލަ ގިނައިރު ވަންދެން ރީތިކޮށް ހުރެއެވެ. ނަމަވެސް، އޭގެ ތެރެއަށް ދޮންކެޔޮ އިތުރުކުރުމުން، ދޮންކޭލުގައި ހުންނަ އެންޒައިމެއްގެ ސަބަބުން ވައިގެ އަސަރު ފޯރައިގެން ސްމޫތީގެ ކުލަ ކަޅުވާން ނުވަތަ މުށިކުލައަކަށް ބަދަލުވާން ފަށައެވެ. މިކަމުގައި ތާޒާ ދޮންކޭލަށްވުރެ، ގަނޑުކޮށްފައި ހުންނަ ދޮންކެޔޮ ބޭނުންކުރުމުން ކުލަ ބަދަލުވުން ލަސްކޮށްދެއެވެ.

އެންމެ ފުރިހަމަ ސްމޫޛީއެއް ހެދުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ، ބާޒާރުން އެންމެ މީރު ތާޒާ މޭވާ ގަނެގެން، ބްލެންޑް ކުރުމުގެ ކުރިން އަމިއްލައަށް އެމޭވާތައް ގަނޑުކޮށްލައިގެން ބޭނުންކުރުމެވެ.

ކޮމެންޓް
ފަހުގެ
HDC