logoEN
WAMCO TOP 1
އެސްޓީއޯއިން ފިލިޕްސް ބްރޭންޑްގެ އޭސީ ރާއްޖެއަށް ތައާރަފްކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯއިން ފިލިޕްސް ބްރޭންޑްގެ އޭސީ ރާއްޖެއަށް ތައާރަފްކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އަހުމަދު ޝުރާއު

logo

7/1/2026, 6:48:57 AM

# އެސްޓީއޯ

-

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ އަލުން ހުޅުވިގެންދިއުމާއެކު، ދިވެހި ބާޒާރަށް ފެންވަރު ރަނގަޅު އައު އުފެއްދުމެއްގެ ގޮތުގައި "ފިލިޕްސް" ބްރޭންޑްގެ ސްޕްލިޓް ވޯލް-މައުންޓެޑް އޭސީތައް އެސްޓީއޯއިން ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

THE TRAVELLER AD

ޗައިނާގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ ފިލިޕްސް ބްރޭންޑްގެ މި އޭސީތަކަކީ އާއްމު ދިރިއުޅޭ ގެތަކަށާއި އޮފީސް މާހައުލުތަކަށް ނުހަނު އެކަށޭނަ، އިތުބާރު ހިފޭ އަދި ޒަމާނީ "ސްމާޓް ކޫލިންގް" ނިޒާމެއް ފޯރުކޮށްދޭ އުފެއްދުމެކެވެ. މިއީ ގިނަ ދުވަހު ގެންގުޅެވޭ، އަވަހަށް ފިނިކޮށްދޭ އަދި ބޭނުންކުރަން ފަސޭހަ ފެންވަރު ރަނގަޅު އޭސީތަކެކެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް އިން މި ބްރޭންޑުގެ އޭސީތައް ރާއްޖޭގެ ބާޒާރަށް ނެރުމާ ދިމާކޮށް، އާންމުންނަށް ޚާއްސަކޮށްގެން ބޮޑު ޕްރޮމޯޝަނެއް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން، ފިލިޕްސް ބްރޭންޑުގެ އޭސީތައް މާކެޓުން ލިބެން މިހާރު ހުރި އަގުތަކަށްވުރެ މާ ހާއްސަ ޑިސްކައުންޓް އަގުތަކެއްގައި އާންމުންނަށް ގަންނަން ލިބޭނެ އިންތިޒާމު އެސްޓީއޯއިން ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮމޯޝަނުގެ ދަށުން ތަފާތު ސައިޒުތަކުގެ އޭސީތަކުން ބޮޑެތި ޑިސްކައުންޓްތައް ލިބިގެންދާނެއެވެ. އެގޮތުން އާންމުކޮށް ކޮޓަރިތަކާއި ކުދި ބޮޑު މާހައުލުތަކަށް ބޭނުންކުރާ 9,000 ބީޓީޔޫ، 12,000 ބީޓީޔޫގެ އިތުރުން ބޮޑެތި ސަލްޓަންތަކާއި އޮފީސްތަކަށް ހާއްސަ 18,000 ބީޓީޔޫ އަދި 24,000 ބީޓީޔޫގެ ފިލިޕްސް އޭސީތަކުން ވެސް މި ޑިސްކައުންޓްތައް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

މި ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ 28 ޖޫން 2026 އިން ފެށިގެން ކުރިއަށް އޮތް 11 ޖުލައި 2026 ގެ ނިޔަލަށެވެ. އެސްޓީއޯއިން ބުނިގޮތުގައި ފިލިޕްސް ބްރޭންޑް އޭސީތަކުގެ ހުރިހާ ރޭންޖެއްގެ އުފެއްދުންތައް ވެސް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާއިން ބަލާލުމަށާއި ގަތުމަށް ލިބެން ހުންނާނެއެވެ.

ބާޒާރުގައި ލިބެން ހުރި އެހެން ބްރޭންޑްތަކާ އަޅާބަލާއިރު ފިލިޕްސް ބްރޭންޑަކީ ހަކަތަ ސަލާމަތްކޮށްދޭ އަދި ދިގު މުއްދަތަކަށް ބޭނުންކޮށްލެވޭނެ ހަރުދަނާ އުފެއްދުމެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC