logoEN
WAMCO TOP 1
ޕެސިފިކް ކަނޑު ހޫނުވެ "އެލްނީނިއޯ" އުފެދިއްޖެ؛ ރާއްޖޭގެ މެޓުންވެސް ދަނީ ހާލަތު ވަރަށް ގާތުން ބަލަމުން!

ޕެސިފިކް ކަނޑު ހޫނުވެ "އެލްނީނިއޯ" އުފެދިއްޖެ؛ ރާއްޖޭގެ މެޓުންވެސް ދަނީ ހާލަތު ވަރަށް ގާތުން ބަލަމުން!

އަހުމަދު ޝުރާއު

logo

6/29/2026, 6:17:11 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

ޕެސިފިކް ކަނޑުގެ ސަރަހައްދުގައި "އެލްނީނިއޯ" ގެ ހާލަތު މިހާރު އުފެދިފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމް.އެމް.އެސް) އިން ބުނެފިއެވެ.

THE TRAVELLER AD

ގައުމީ މޫސުމާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށްވުރެ މަތީގައެވެ.

އާންމު ގޮތެއްގައި އެލްނީނިއޯގެ އަސަރުތައް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ. ނަމަވެސް، ބައެއް ފަހަރު އަހަރުތަކަކަށްވެސް މި ހާލަތު ދެމިގެން ހިނގައިދާނެ ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. މިއީ ވަކި ސީދާ ތަރުތީބަކުން ނޫން ނަމަވެސް، ކޮންމެ 2 އަހަރާއި 7 އަހަރަކުން އެއްފަހަރު އަންނަ މޫސުމީ ބޮޑު ބަދަލެކެވެ. މި ބަދަލުގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި، ދިރޭތަކެތީގެ ނިޒާމަށާއި (އީކޯސިސްޓަމް)، ދުނިޔޭގެ އިގްތިސާދަށްވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، އެލްނީނިއޯގެ އަސަރު ރާއްޖެއަށް ކުރާއިރު ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހުން އެކަށީގެންވެއެވެ. އަދި ހަމައެއާއެކު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު އާންމު ވަރަށްވުރެ ބޮޑުތަނުން މަދުވެގެންދެއެވެ. ކޮންމެ އެލްނީނިއޯ އަހަރެއްގައިވެސް މޫސުމަށް ކުރާ އަސަރުތައް އެއްގޮތް ނުވެދާނެ ކަމަށާއި، އެއީ އެލްނީނިއޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅެއްގެ މައްޗަށް ބިނާވާ ކަމެއްކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެއެވެ.

ރާއްޖޭގެ މޫސުމަށް ނުވަތަ ވާރޭވެހޭ މިންވަރަށް ނުފޫޒު ފޯރަނީ ހަމައެކަނި "އެލްނީނިއޯ ސަދަން އޮސިލޭޝަން" (ENSO) އިން އެކަނި ނޫންކަން ފާހަގަކުރުން މުހިއްމު ކަމަށް މެޓް އޮފީހުގެ ބަޔާނުގައިވެއެވެ. އެގޮތުން "އިންޑިއަން އޯޝަން ޑައިޕޯލް" (IOD) އަދި "مެޑަން ޖޫލިއަން އޮސިލޭޝަން" (MJO) ފަދަ މޫސުމީ އެހެން ކަންތައްތަކުންވެސް ރާއްޖެއަށް ވެހޭ ވާރޭގެ މިންވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މިހާރު އުފެދެމުންދާ މޫސުމީ ބަދަލުތައް އެއިދާރާއިން ވަރަށް ގާތުން ބަލައި މޮނީޓަރ ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC