logoEN
WAMCO TOP 1
ބޯޑަރު ބެލެހެއްޓުން ވަރުގަދަކުރުމަށް ޖަޕާނުން ރާއްޖެއަށް "ފޭޝަލް ރިކޮގްނިޝަން ސިސްޓަމް" އެއް ހަދިޔާކޮށްފި

ބޯޑަރު ބެލެހެއްޓުން ވަރުގަދަކުރުމަށް ޖަޕާނުން ރާއްޖެއަށް "ފޭޝަލް ރިކޮގްނިޝަން ސިސްޓަމް" އެއް ހަދިޔާކޮށްފި

އަހުމަދު ޝުރާއު

logo

6/25/2026, 9:54:46 AM

# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

-

ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި، ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި އެންމެ ފަހުގެ "ފޭޝަލް ރިކޮގްނިޝަން ސިސްޓަމް" (މޫނު ދެނެގަންނަ ނިޒާމު) ރަސްމީކޮށް ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.

THE TRAVELLER AD

މި އާލަތްތައް ހަވާލުކުރުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ކުރިއަށްދިޔައީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޯޕަރޭޓް ހޯލްގައެވެ.

މި ސިސްޓަމް ދިވެހި ދައުލަތާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހާރ އެކްސެލެންސީ އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަނުގެ ފަރާތުން މި ސިސްޓަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި ކަންކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރިޓަޔަރޑް) އަޙްމަދު ފަޞީޙްގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަނުގެ އިސްވެރިންނާއި ޖަޕާނު ސަރުކާރުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

މި ސިސްޓަމަކީ ރާއްޖޭގެ އެއަރޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތު އަވަހަށް ސާފުކުރުމަށާއި، ބޯޑަރު ހުރަސްކުރާ މީހުންގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޖަޕާނު ސަރުކާރުން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ވެދެއްވި މި އަގުހުރި އެހީތެރިކަމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. މި އައު ސިސްޓަމްގެ ސަބަބުން ބޯޑަރު މެނޭޖްމަންޓް ވަރުގަދަވެ، ކިއޫތަކުގައި މަޑުކުރަންޖެހޭ ވަގުތު މަދުވެ، އެއަރޕޯޓުގެ ޚިދުމަތްތަކުގެ ހަލުވިކަމާއި ރައްކާތެރިކަން ދުނިޔޭގެ ފެންވަރަށް މަތިވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC