logoEN
WAMCO TOP 1
ތާރު އަޅަން ފަށާތީ ވެހިކަލްތައް ނަގަން އަންގައިފި

ތާރު އަޅަން ފަށާތީ ވެހިކަލްތައް ނަގަން އަންގައިފި

# ފުލުހުން# އެމްޓީސީސީ# ބޮޑުތަކުރުފާނު މަގު މަޝްރޫއު

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން- ފޮޓޯ: ގާފު

ބޮޑުތަކުރުފާނު މަގު އުތުރު ފަރާތު ތާރުއެޅުމުގެ މަސައްކަތް ފަށާތީ އެ ސަރަހައްދުގެ ވެހިކަލްތައް ނަގަން ފުލުހުން އަންގައިފި އެވެ.

THE TRAVELLER AD

ފުލުހުން މިއަދު ބުނީ މިރޭ 23:50 އިން ފެށިގެން، ބޮޑުތަކުރުފާނުމަގު ކާނިވާ ސަރަހައްދުން ފެށިގެން ހުޅަނގަށް ބަނދުކުރާނެ ކަމަށެވެ.

އެހެންކަމުން ބަންދުކޮށްފައިވާ ސަރަހައްދުގަ އާއި މަގު ބަންދުކުރުމަށް ބަހައްޓާފައިވާ ބެރިކޭޑުތައް ކައިރީ އެއްވެސް އުޅަނދެއް ޕާކު ނުކުރުމަށް ފުލުހުން އަންގާފައިވެ އެވެ. އަދި މި ސަރަހައްދުގައި ޕާކްކުރާ އުޅަނދުތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ވަނީ މި ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.

އެމްޓީސީސީން ބުނެފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހު ތާރު އަޅަން ފަށާއިރު އެ މަސައްކަތް ކުރާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ތާރު އަޅާނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހިސާބަށެވެ. ބާކީ ބައިގައި މަސައްކަތް ފަށާނީ ފުރަތަމަ ބައިގައި ތާރު އަޅާ ނިންމައިފަ އެވެ.

ސަރުކާރުގެ އަމާޒަކީ ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދަކީ މާލޭގެ އިޤްތިޞާދީ އަދި ދަތުރުފަތުރުގެ އެންމެ ބާރުބޮޑު އެއް ސަރަހައްދަށް ވުމާއެކު، ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމައި އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމެވެ. މަގުގެ މަސައްކަތްތައް ނިމުމުން މާލޭގެ އުތުރު ފަރާތުގެ މަލަމައްޗަށް ބޮޑު ބަދަލެއް އަންނާނެ އެވެ.

ކޮމެންޓް
ފަހުގެ
HDC