logoEN
WAMCO TOP 1
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީއަށް ކާޑު ލިމިޓް ދޭން ބީއެމްއެލުން ނިންމައިފި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީއަށް ކާޑު ލިމިޓް ދޭން ބީއެމްއެލުން ނިންމައިފި

އަހުމަދު ޝުރާއު

logo

6/25/2026, 7:44:52 AM

# ބީއެމްއެލް

-

ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވާ ވިސާގެ ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން، ވިސާއަށް ފައިސާ ދެއްކުމަށް ކާޑު ލިމިޓް ދޫކުރަން ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހާމަކޮށްފިއެވެ.

THE TRAVELLER AD

ބޭންކުގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ވިދާޅުވީ މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށް ވެސް، ވިސާއަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓް ދޫކުރާނެ ކަމަށެވެ. ދަރިވަރުންނަށް މި ލުއި ދިނުމަށްޓަކައި ބޭނުންވާ ބޭރު ފައިސާ ހަމަޖައްސާފައިވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޚާއްޞަ އެހީތެރިކަމާ އެކުގައެވެ.

މީގެ ކުރިން ބީއެމްއެލް އިން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް ކާޑަަށް ލިމިޓް ދެމުން އައީ ކޮންމެ ކޭސްއެއް ވަކިވަކިން ބަލައި، ވަރަށް ގިނަ އިދާރީ މަރުހަލާތަކެއް ކަނޑަތުކުރުމަށް ފަހުގައެވެ. ނަމަވެސް މިއަދު ގެނެވުނު މި ބަދަލާއެކު ބޭންކަށް ހުށަހަޅާ ހުރިހާ ދަރިވަރުންނަށްވެސް އެއްވެސް ދަތިކަމެއް ނެތި ވިސާ ފީ ދެއްކުމަށް ބޭނުންވާ ޑޮލަރުގެ ލިމިޓް ކާޑަށް ލިބިގެންދާނެއެވެ.

މިއީ ބޭރުގައި ތިބޭ ދިވެހި ދަރިވަރުންގެ ގާނޫނީ ހާލަތު ދެމެހެއްޓުމަށާއި ކިޔެވުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ވިސާ ފީގެ އިތުރުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ އެކި ހަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާ އެކު ހަމަޖެއްސޭނެ އިތުރު އިންތިޒާމުތަކެއްވެސް ބޭންކުން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ބޭރު ފައިސާއިން މުއާމަލާތް ކުރުމަށްޓަކައި ދަރިވަރުން ގެންގުޅޭ ރުފިޔާ ކާޑުތަކަށް މަހެއްގެ މައްޗަށް 1,200 ޑޮލަރުގެ ލިމިޓެއް މިހާރުވެސް ވަނީ ކަނޑައަޅައިދީފައެވެ.

އޭގެ އިތުރުން، ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތައުލީމާ ގުޅުންހުރި އެހެނިހެން ބޮޑެތި ހަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ސީދާ ޔުނިވާސިޓީތަކަށް ފައިސާ ފޮނުވުމުގެ ފުރުސަތުވެސް ބޭންކުން ދެއެވެ.

ހަމައެއާއެކު، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ދޫކުރާ ސްޓައިޕެންޑާއި ދަރިވަރުންގެ އެހެނިހެން ބޭނުންތަކަށް އަދަދު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ރާއްޖޭގައި ހުންނަ ރުފިޔާ އެކައުންޓުން، ދަރިވަރުން ބޭރުގައި ބޭނުންކުރާ ބޭރުގެ ބޭންކް އެކައުންޓްތަކަށް ސީދާ ފައިސާ ލިބޭނެ ނިޒާމެއްވެސް ބީއެމްއެލް އިން ވަނީ ގާއިމުކޮށްދީފައެވެ. ބޭންކުން ބުނީ މިއީ ކިޔެވުމާއި ދިރިއުޅުމުގެ އެކި ބޭނުންތަކަށް ބޭނުންވާ ފައިސާ އެއްވެސް މެދުކެނޑުމެއްނެތި ދަރިވަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ބޭންކުން ދޭ ވަރަށް ބޮޑު އަހައްމިއްޔަތުކަމެކެވެ.

ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުން އަންނަ ހުރިހާ ދިވެހި ދަރިވަރުންނަށް ބޭނުންވާ މާލީ އެހީތެރިކަމާއި ލުއިފަސޭހަތައް ފޯރުކޮށްދިނުމުގައި ބީއެމްއެލް އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިއަދު ވަނީ ތަކުރާރުކޮށްދީފައެވެ.

ކޮމެންޓް
ފަހުގެ
HDC