logoEN
WAMCO TOP 1
ދަޢުލަތުގެ މާލިއްޔަތު ޤާނޫނަށް އޭސީސީގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފި

ދަޢުލަތުގެ މާލިއްޔަތު ޤާނޫނަށް އޭސީސީގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފި

އަހުމަދު ޝުރާއު

logo

6/24/2026, 7:38:02 AM

# އޭސީސީ

-

ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުން އަހުލުވެރިކުރުމަށްޓަކައި ބޭއްވި ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓް (ޕީއެފްއައި) އިން ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.

THE TRAVELLER AD

މިއީ ދައުލަތުގެ މުއައްސަސާތަކުގެ މާލީ ނިޒާމުތައް ހަރުދަނާކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވުމަށްޓަކައި މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ހިންގުނު މުހިންމު ހަރަކާތެކެވެ.

މި ހިނގާ ޖޫން މަހުގެ 12 އިން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ސިލްސިލާކޮށް ކުރިއަށްގެންދިއަ މި ޕްރޮގްރާމްގެ ފުރަތަމަ ދުވަހުގެ ސެޝަންސްތަކުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައި ވަނީ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓް މެނޭޖްކުރުމުގެ މާއްދާތަކަށެވެ. މި މުހިންމު ސެޝަންތައް ނަންގަވައިދެއްވީ، މިނިސްޓްރީގެ އިކޮނޮމިކް އެންޑް ފިސްކަލް ޕޮލިސީ އެނަލިސްޓް އަބުދުﷲ އަތީޤް މުހައްމަދާއި، ބަޖެޓް އެނަލިސްޓް ރުހުޝާ އަލީއެވެ.

ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދަށް ދައުލަތުގެ އެކި މުވައްޒަފުން އަހުލުވެރިކުރުވުމަކީ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. އެގޮތުން މިނިސްޓްރީ އޮފް ފިނޭންސްް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ދަށުން ހިންގަމުންދާ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން ދަނީ، ދައުލަތުގެ އެކި އިދާރާތަކަށް އަމާޒުކޮށްގެން މިފަދަ ބޭނުންތެރި ތަމްރީން ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ރާވައި ހިންގަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC