
ލަންކާއަށްވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެތީ ގިނަ ސަރަހައްދުތަކަކަށް ރެޑް އެލާޓް ނެރެފި
# ސްރީލަންކާ-
ސްރީލަންކާއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެތީ ގިނަ ސަރަހައްދުތަކަކަށް ރެޑް އެލާޓް ނެރެފި އެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ވެސްޓަން، ސަބަރަގަމުވާ، އޫވާ އަދި އީސްޓަން ޕްރޮވިންސްތަކުގެ އިތުރުން ކުރުނޭގަލާ ޑިސްޓްރިކްޓަށް މިއަދު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުއްލި މޫސުމީ ސަމާލެއް ނެރުނީ މިއަދު މެންދުރު ފަހު 13:00 އިން ފެށިގެންނެވެ.
އެގޮތުން ސަމާލުގެ މުއްދަތުގައި ވެސްޓަން، ސަބަރަގަމުވާ، އޫވާ އަދި އީސްޓަން ޕްރޮވިންސްތަކުގެ އިތުރުން ކުރުނޭގަލާ ޑިސްޓްރިކްޓަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ނުރައްކާތެރި ދަރަޖައަކަށް ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިރޭގެ 11:30 އާ ހަމައަށް ނެރެފައިވާ މި އެޑްވައިޒަރީގައިވާ ގޮތުން، މޫސުން އެންމެ ގޯސްވާނެ ކަމަށް ބެލެވޭ 11 ޑިސްޓްރިކްޓަކަށް ރެޑް އެލާޓް ނެރެފައިވާއިރު، އިތުރު 14 ޑިސްޓްރިކްޓަކަށް ވަނީ އެމްބަރ އެލާޓް ނެރެފައެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ވިލާގަނޑާއެކު ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ކުއްލިއަކަށް ވައިގަދަވެ، ކުޑަވަގުތުކޮޅަކަށް ނަމަވެސް ބާރުގަދަ ވައިރޯޅިތަކެއް ޖެހުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން، މި ދުވަސްވަރު ގުގުރުމުގެ ސަބަބުންނާއި ވައިގަދަވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދުރާލާ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ހުރިހާ ރައްޔިތުންނަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

ލަންކާއަށްވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެތީ ގިނަ ސަރަހައްދުތަކަކަށް ރެޑް އެލާޓް ނެރެފި

ކޮތަރުތަކެއްގެ މައްސަލައެއްގައި ފެށުނު ޒުވާބު ނިމުނީ މަރަކުން!

ނުވަރަ އެލިޔާގެ ކޯރަކަށް ޖައްސަން އުޅުނު ސީޕްލޭނެއް ވެއްޓިއްޖެ
.jpg&w=3840&q=75)



