logoEN
WAMCO TOP 1
ލަންކާ ހައި ކޮމިޝަންއިން ބްލަޑް ކޭމްޕެއް ބޭއްވުމަށް ނިންމައިފި

ލަންކާ ހައި ކޮމިޝަންއިން ބްލަޑް ކޭމްޕެއް ބޭއްވުމަށް ނިންމައިފި

# ސްޓެލްކޯ# މޯލްޑިވްސް ބްލަޑް ސާވިސް# ރާއްޖެ - ސްރީލަންކާ# ލަންކާ ހައި ކޮމިޝަން

ލޭ ހަދިޔާކުރުމުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ސްރީލަންކާގެ ހައިކޮމިޝަން އިން އިންތިޒާމުކޮށްގެން ބަލްޑް ކޭމްޕޭނެއް ބޭއްވުމަށް ނިންމައިފި އެވެ.

THE TRAVELLER AD

ލަންކާގެ ހައިކޮމިޝަން އިން ބުނީ މި ކޭމްޕްގެ ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް އޮތް ގާތްކަމާއި އެކުވެރިކަން ހާމަކުރުން ކަމަށެވެ.

މޯލްޑިވްސް ބަލްޑް ސާވިސް އާއި ސްޓެލްކޯއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 5 ވާ ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 6:00 އާ ހަމައަށް ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްގެންދާނީ ސްޓެލްކޯގެ ހެޑް އޮފީހުގެ 5 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކަމަށް ލަންކާގެ ހައި ކޮމިޝަންއިން ބުންޏެވެ.

މީގެއިތުރުން މި ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްޓަކައި ޕޯސްޓުގައިވާ ކިއުއާރް ނުވަތަ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހައި ކޮމިޝަނުން އެދިފައިވެ އެވެ.

View post on Twitter

މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަދި އިންސާނިއްޔަތަޓަކައި ކުރެވޭ ކަމެއްކަން ފާހަގަކުރައްވާ ލަންކާގެ ހައިކޮމިޝަނުން ވަނީ ރާއްޖޭގައި ދިރިއުޅޭ ވީހާވެސް ގިނަ ސްރީލަންކާގެ ރައްޔިތުން މި ކެމްޕޭންގައި ބައިވެރިވުމަށް އެދިފަ އެވެ.

ރާއްޖެއާއި ލަންކާގެ ޙާރިޖީ ގުޅުމަށް 60 އަހަރުވެފައިވާއިރު ލަންކާއަކީ ރާއްޖެއާ އެތައް ގޮތަކުން ގުޅިފައިވާ ގައުމެކެވެ.

ކޮމެންޓް
ފަހުގެ
HDC