
-
ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެ އެވެ.

ވިލިނގިލި ކައުންސިލް ރައީސް ވިޝާލް މުހައްމަދު ގާފު އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފް ރޫމް އިމާރާތުގައި ކަމަށެވެ. ފަސް ކޮޓަރި ހިމެނޭ މި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.
މި އިމާރާތުގައި އަލިފާމުގެ ހާދިސާ ހިނގި އިރު، އެތަނުގައި ގިނަ އަދަދެއްގެ ދަރިވަރުންގެ ފޮތްތަކާއި، މުދައްރިސުންގެ ގިނަ އަދަދެއްގެ ވަސީލަތްތައް ހުއްޓެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ ވިލިނގިލީ ރައްޔިތުން ދަނީ އަލިފާން ނިއްވުމުގައި އެހީތެރިވަމުންނެވެ.
މިހާތަނަށް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެއެވެ.
ގުޅުންހުރި

އަލިފާނުގެ ހާދިސާގައި ސްކޫލަށް ލިބުނީ ބޮޑު ގެއްލުމެއް، ކިޔެވުން ނުހުއްޓޭނެ ހެން ކަންކަން އިންތިޒާމް ކުރެވޭނެ - އެޑިއުކޭޝަން

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިމާރާތެއްގައި އަލިފާން ރޯވެ އަނދަނީ

ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ގާއިމްކުރުމަށް ހަވާލުކޮށްފި

.gif&w=3840&q=75)



