
ފާއޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮޖެކްޓް އިފްތިތާހުކޮށްފި
# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
ކުދި ޖަޒީރާ ގައުމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ފާއޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮޖެކްޓް" އިފްތިތާހްކޮށްފިއެވެ.

"ފާއޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮޖެކްޓް" ފެށުމަށް ޗައިނާގައި ބޭއްވި ރަސްމިއްޔާތުގައި ކުދި ޖަޒީރާ ގައުމުތަކުގެ (SIDS) ފަރާތުން ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ޝާފިއާ ވަނީ، ދަނޑުވެރިކަމާއި ކާބޯތަކެތި އުފައްދާ ނިޒާމުތަކަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ބޭނުންތެރިކަމާއި، މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ފަދަ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަފައެވެ.
މި މަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގައި މައިގަނޑު ގޮތެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މަސްކުނި ބޭނުންކޮށްގެން 'ފިޝް ސައިލޭޖް' އުފެއްދުމުގެ މަސައްކަތް ކަމަށް މަސްވެރިކަމާ ބެހޭ ވުޒަރާއިން ބުނެއެވެ. މިއީ މަސްވެރިކަމުން އުފެދޭ އުކާލެވޭ ބައިތައް ބޭނުންކޮށްގެން، ދަނޑުވެރިކަމާއި އެކުއަކަލްޗަރ ފަދަ ދާއިރާތަކަށް ބޭނުންވާ އިތުރު އަގު ހުރި އުފެއްދުންތައް ތައްޔާރުކުރުމަށް ކުރެވޭ މަސައްކަތެކެވެ.
މި މަޝްރޫއުގެ ސަބަބުން އަންހެނުންނާއި ޒުވާނުންނަށް އިގްތިސާދީ ގޮތުން އާ ފުރުސަތުތަކެއް ހުޅުވި ބާރުވެރިވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ އުކާލެވޭ ތަކެތިން މަންފާ ހޯދާ (ސާކިއުލަރ އިކޮނޮމީ)، ހަރުދަނާ އަދި ދެމެހެއްޓެނިވި ދާއިރާއަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ގުޅުންހުރި

ފާއޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮޖެކްޓް އިފްތިތާހުކޮށްފި

ތިނަދޫ،އައްޑޫ އަދި ހިރިލަންދޫގައި މިފްކޯގެ ގާބިލުކަން އިތުރުކުރުމުގެ ތިން މަޝްރޫއެއް ޗައިނާގެ ސީ.އެމް.އީ.ސީއަށް!

މަސްވެރިކަމުގެ ލައިސަންސަށް އެދުމުގެ ޚިދުމަތް 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށް!

.gif&w=3840&q=75)



