
ފޮއްދޫގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް ޕްރޮގްރާމެއް ފަށައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް ޓްރެއިނިންގ ޕްރޮގްރާމެއް ނ. ފޮއްދޫގައި ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ފޮއްދޫ ޕޮލިސް ޕޯސްޓާއި ރަށު ކައުންސިލު ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ކުލާސްތައް ކުރިއަށްގެންދާނެއެވެ. އަދި ލައިސަންސް ނެގުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ތިއަރީ ޓެސްޓާއި، ޕްރެކްޓިކަލް ޓެސްޓަށް ބައިވެރިން ތައްޔާރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށް ދޭނެއެވެ.
ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ފޮއްދޫއިން 43 މީހުން ބައިވެރިވެއެވެ. މި ޕްރޮގްރާމް ނ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެއްގަމު އުޅަނދު ދުއްވުމަށް ބާރުއެޅުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ގުޅުންހުރި

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ ފުލުހުން ހުއްޓުވައިފި

ރާއްޖެ މިދަނީ ހައިޕަރ އިންފްލޭޝަންއާ ދިމާލަށް؛ އެފަދަ ހާލަތެއްގައި އިޤްތިޞާދު ހިފަހައްޓަން އުނދަގޫވާނެ: ރައިސް ނަޝީދު

ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅޭގޮތުން ޔޫ.އޭ.އީގެ ވަފުދާއެކު މަޝްވަރާކޮށްފި




