logoEN
Sto top
ޕާކިސްތާނުގެ ޝޮޕިންގ މޯލެއްގައި ރޯވެ 6 މަރު!

ޕާކިސްތާނުގެ ޝޮޕިންގ މޯލެއްގައި ރޯވެ 6 މަރު!

އަހުމަދު ޝުރާއު

logo

1/18/2026, 3:15:16 PM

# ޕާކިސްތާނު

-

ޕާކިސްތާނުގެ ކަރާޗީގެ ޝޮޕިން މޯލެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ހަ މީހަކު މަރުވެ 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

Wamco

ޕާކިސްތާނުގެ އޮފިޝަލުން ބުނީ ކަރާޗީގެ އެންމެ ބާރުބޮޑު އެއް ހިސާބުގައި ހުރި ގުލް ޕްލާޒާގެ ޝޮޕިން މޯލްގައި ރޯވި އަލިފާންގަނޑުގެ 30 އިންސައްތަ މިއަދުގެ އޮރުއޮއްސުމާއި ހަމައަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އެސަރަހައްދުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ސައްޔިދު އަސަދު ރަޒާ "ޑޯން" ނޫހަށް ވިދާޅުވީ މަރުވި މީހުންގެ އަދަދު ފުރަތަމަ ތިން އިން ފަސް އަށް އަރާފައިވާ ކަމަށެވެ. މެޑިކަލް ކޮމްޕްލެކްސްއެއް ކަމަށްވާ އީދީ ފައުންޑޭޝަނުން ވަނީ ހަވަނަ މީހަކު މަރުވިކަން ކަށަވަރުކޮށްދީފަ އެވެ.

ރެސްކިއު އޮފިޝަލުން ބުނި ގޮތުގައި އެ މޯލްގައި 1،200 އެއްހާ ފިހާރަ ހުރި އިރު، އެ މޯލްގައި އަދިވެސް މީހުން ތާށިވެފައިވާ ކަމުގެ ބިރު އެބަ އޮތެވެ. އީދީ ފައުންޑޭޝަނުން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން އިމާރާތުގެ ބައެއް ވެއްޓިފައިވާ ކަމަށާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

ގާޑަން ސަބް ޑިވިޜަންގެ ޕޮލިސް އޮފިސަރު މުހްސިން ރަޒާ ވިދާޅުވީ، ފުރަތަމަ ހޯދުންތަކުން އެނގޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ފިހާރައެއްގެ ޝޯޓް ސާކިޓެއް ވުމުގެ ސަބަބުން ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC