
ފޮޓޯ: އަލް ޖަޒީރާ
ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ޚުޒްދާރު ސަރަހައްދުގައި ސްކޫލް ބަހަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ހަ މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފި އެވެ.
ޚުޒްދާރުގައި ހުންނަވާ ސަރުކާރުގެ މަންދޫބު ޔާސިރު އިގްބާލް ދަޝްތީ ވިދާޅުވީ ބުދަ ދުވަހު ދިން ހަމަލާގައި 38 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ހިމެނީ ތިން ކުޑަކުދިންނާއި އިތުރު ތިން މީހަކު ކަމަށެވެ.
ޖާނުން ފިދާވެގެން ދިން މި ހަމަލާ އަމާޒުކުރީ އާމީ ޕަބްލިކް ސްކޫލުގެ ބަހަކަށެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ވަނީ އެ ހަމަލާ ކުށްވެރިކޮށް އެ ހަމަލާގައި "އިންޑިއާގެ ޓެރަރިސްޓް ޕްރޮކްސީ" ގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެ ވާހަކައަށް ތާއީދުކުރާނެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

.jpg?w=3840&q=75)




.jpg?w=3840&q=75)









