%20(2).jpeg?w=3840&q=75)








-
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް މިއަދުގެ 13:00 އިން މިރޭގެ 19:00 ގެ ނިޔަލަށެވެ.
ހުދު ސަމާލުގެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި އެވެ.
ފާއިތުވި ހަތަރު ދުވަހުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނީ މޫސުން ގޯސްވެފައި އެވެ. އެގޮތުން މި ދުވަސްވަރު މުޅި ރާއްޖެއަށްވެސް ވައިގަދަވެ ކަނޑުތައް ގަދައެވެ.
%20(2).jpeg?w=3840&q=75)



