logoEN
Sto top
އަމިއްލަ ދަނޑުގައި ސަންޑަލޭންޑުން މެންޗެސްޓާ ސިޓީ ހުއްޓުވައިފި

އަމިއްލަ ދަނޑުގައި ސަންޑަލޭންޑުން މެންޗެސްޓާ ސިޓީ ހުއްޓުވައިފި

ހަސަން ޝަމްއޫން

logo

1/2/2026, 3:25:23 AM

# ސަންޑަލޭންޑް# މެންޗެސްޓާރ ސިޓީ# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު

މެންޗެސްޓާ ސިޓީ އާއި ސަންޑަލޭންޑް ވާދަކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ސަންޑަލޭންޑުން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

Wamco

ލީގުގައި މެންޗެސްޓާ ސިޓީ އިން އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވެފައިވާއިރު، ލީގުގައި ސަންޑަލޭންޑުން އެންމެ ފަހުން ކުޅުނު މެޗުގައި ލީޑްސް ޔުނައިޓެޑާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނޫ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީ އިންނެވެ.

ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ސިޓީގެ ބެނާލްޑޯ ސިލްވާ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.

މީގެ އިތުރުން ދެވަނަ ހާފުގައި ސަންޑަލޭންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތެއްގައި ސިޓީގެ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 19 މެޗުން މެންޗެސްޓާ ސިޓީއަށް 41 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 19 މެޗުން ސަންޑަލޭންޑަށް 29 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.

ލީގުގައި މެންޗެސްޓާ ސިޓީއަށް ކުރިއަށް އޮތީ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ސަންޑަލޭންޑުން ނުކުންނާނީ ޓޮޓެންހަމް އާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC