logoEN
Sto top
10 އަތޮޅެއްގެ 23 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓަނީ

10 އަތޮޅެއްގެ 23 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓަނީ

ހުސައިން އަހްމަދު

logo

11/30/2025, 8:08:02 AM

# ހަކަތަ# އިއާދަކުރަނިވި ހަކަތަ# ސޯލާ ޕީވީ# ޓޫރިޒަމް މިނިސްޓްރީ

ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

10 އަތޮޅެއްގެ 23 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓަން ނިންމައިފިއެވެ.

Wamco

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މައުލޫމާތުދެ ގޮތުގައި އެސްޕަޔަރ (ASPIRE) އަދި އަރައިސް (ARISE) މަޝްރޫޢުތަކުގެ ދަށުން ދިވެހިރާއްޖޭގެ 10 އަތޮޅެއްގެ 23 ރަށެއްގައި ސޯލާ ޕީވީ (PV) ސިސްޓަމް ބަހައްޓާއިރު، މި ރަށްތަކުގެ ތެރޭގައި ފުވައްމުލަކު ސިޓީވެސް ހިމެނޭ ކަމަށެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖެއަށް ޖުމްލަ 36 މެގަވޮޓުގެ އާ ކަރަންޓުގެ ހަކަތަ އުފެއްދުމުގެ ގާބިލިއްޔަތު އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.

މި މަޝްރޫޢުތަކަކީ ރާއްޖެއިން އިޢާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ދެކެއެވެ. ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓައިގެން، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި މަޝްރޫޢުތަކުގެ އެންމެ ބޮޑު އެއް މަގުސަދެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދިގުދެމިގެންދާނެ ތަރައްގީއަށް މަގުފަހިވެ، ގައުމުގެ އިގްތިސާދަށް ވެސް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢުތައް ހިންގުމުގެ ސަބަބުން، ހަކަތައިގެ ގޮތުން ރަށްތަކުގެ މިނިވަންކަން އިތުރުވެ، ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިގްތިސާދީ ގޮތުން ފައިދާހުރި ކަރަންޓުގެ ހިދުމަތް ލިބިގެންދާނެއެވެ. ފުވައްމުލަކު ސިޓީއާއި އެހެނިހެން ރަށްތަކުގައި މި ސިސްޓަމްތައް ބަހައްޓައި ނިމުމުން، ރާއްޖޭގެ ކާބަން ފޮރފީޓް ކުޑަކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC