
-
ހެންވޭރުގައި ހުންނަ ހޮޓެލް އަލް-ޒައިކާގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް މިއަދު 12:44 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 13:00 ހާއިރުއެވެ.
އެންޑީއެމްއޭއިން މި ހާދިސާއާއި ގުޅިގެން ބުނީ ހ.އަލްޒައިކާ ކެފޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއައި ގުޅިގެން އެއޮތޯރިޓީއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ބިދޭސީއެއްގެ ފައި ކޮންމެވެސް ވަރަކަށް ފިހުނު ނަމަވެސް އެއްވެސް މީހަކަށް އިންސާނީ އެހީ ބޭނުންވާ ހާލަތަކަށް ގޮސްފައި ނުވާކަމަށް ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކަނޑާއި ވައިގެ މަގުން 7،000 އަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފި

ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަޑަކަށް 1645 މީޓަރު ހުންނާނެ ކަމަށް ބެލެވޭ - ސިފައިން

ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔާ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި




