logoEN
Sto top
މިރޭވެސް މޫސުން ގޯސް، ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި!

މިރޭވެސް މޫސުން ގޯސް، ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި!

އަހުމަދު ޝުރާއު

logo

11/25/2025, 7:25:12 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރުނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް މިރޭގެ 00:30 އިން ފެށިގެން ހެނދުނު 06:30 ގެ ނިޔަލަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

މެޓްއޮފީހުން މިދިޔަ އާދީއްތަ ދުވަހު ވަނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައި އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC