logoEN
Sto top
އިސްލާމްބާދުގައި ދިން ނިރުބަވެރި ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ތުހުމަތުކުރައްވައިފި

އިސްލާމްބާދުގައި ދިން ނިރުބަވެރި ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ތުހުމަތުކުރައްވައިފި

އަހުމަދު ޝުރާއު

logo

11/11/2025, 1:58:19 PM

# ޕާކިސްތާނު

މިއަދު މެންދުރު ޕާކިސްތާނުގެ ވެރިރަަށް އިސްލާމްބާދުގައި ދިން ނިރުބަވެރި ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ތުހުމަތުކުރައްވައިފިއެވެ.

Wamco

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި ހުންނަ ކެޑޭޓް ކޮލެޖަކަށް ދިން ހަމަލާ އާއި އިސްލާމްއާބާދުގައި ދިން ހަމަލާއަކީ އިންޑިއާ އަޑީގައި އޮވެ ތިން ހަމަލާއެއް ކަމަށެވެ.

މިކަމަށް ބާރުދޭ އެއްވެސް ހެއްކެއް ނެތި ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވީ ޕާކިސްތާނުގައި މިއަދު ދިން ދެ ހަމަލާ ވެސް ރަމްޒުކޮށްދެނީ އިންޑިއާ އިން ސަރަހައްދުގައި ހިންގަމުންދާ ނިރުބަވެރި އަމަލުތައް ކަމަށެވެ. "މިއީ އިންޑިއާގެ މިފަދަ ނުބައި މަކަރުވެރި ރޭވުންތައް މުޅި ދުނިޔެ ކުށްވެރިކުރަންވީ ވަގުތު" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ކޯޓު އިމާރާތެއްގެ ބޭރުގައި ބާރު ގަދަ އެއްޗެއް ގޮއްވާލައި 12 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައި އެވެ.

މި ގޮވުން ހިނގި ސީދާ ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު މިއީ ނިރުބަވެރި ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް އިސްލާމްބާދުގެ އިސް އޮފިޝަލުންތަކަކާއި ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މިއީ އެސަރަހައްދުގައި އެންމެ ބޮޑަށް ތޮއްޖެހިފައިވާ އިސްލާމްއާބާދު ޑިސްޓްރިކްޓް ކޯޓުގެ އެންޓްރެންސް ކައިރީގައި ބާރު ގަދަ އެއްޗެއް ގޮއްވާލައި ދިން ޖާނުން ފިދާ ވުމުގެ ހަމަލާއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC