
-
ޕާކިސްތާނުގެ ވެރިރަށުގައިވެސް ބާރުގަދަ ގޮވުމެއް ގޮވައި ގިނަ ބަޔަކު ބަޔަކު މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ކޯޓު އިމާރާތެއްގެ ބޭރުގައި ބާރު ގަދަ އެއްޗެއް ގޮއްވާލައި 12 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައި އެވެ.
މި ގޮވުން ހިނގި ސީދާ ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު މިއީ ނިރުބަވެރި ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް އިސްލާމްބާދުގެ އިސް އޮފިޝަލުންތަކަކާއި ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މިއީ އެސަރަހައްދުގައި އެންމެ ބޮޑަށް ތޮއްޖެހިފައިވާ އިސްލާމްއާބާދު ޑިސްޓްރިކްޓް ކޯޓުގެ އެންޓްރެންސް ކައިރީގައި ބާރު ގަދަ އެއްޗެސް ގޮއްވާލައިގެން ހިނގި ހާދިސާއެކެވެ.
ޕާކިސްތާނުގެ ވެރިރަށުގައި މިފަދަ ހާދިސާއެއް ހިނގާފައިމިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވެސް މިފަދަ ހާދިސާއެއް ހިނގިތާ 24 ގަޑިއިރުވެސް ނުވަނީހެވެ. ނިއު ދިއްލީ ރެޑް ފޯޓު މެޓްރޯ ސްޓޭޝަންގެ ބޭރުގައި ރޭ ދިން ހަމަލާގައި އިންޑިއާގެ 8 މީހަކު މަރުވެފައިވާއިރު އެއީ ނިރުބަވެރި ހަމަލާއެއްގެ ގޮތުގައި އިންޑިއާ ސަލާމަތީ ބާރުތަކުން މިހާރު ވަނީ ނިންމާފައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

އިސްލާމްބާދުގައި ދިން ނިރުބަވެރި ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ތުހުމަތުކުރައްވައިފި

ޕާކިސްތާނުގެ ވެރިރަށުގައިވެސް ބާރުގަދަ ގޮވުމެއް ގޮވައި ގިނަ ބަޔަކު ބަޔަކު މަރުވެއްޖެ

ޕާކިސްތާނުގެ ސްކޫލު ބަހެއް ގޮއްވާލި ހާދިސާގައި 6 މަރު!





