logoEN
Sto top
ދ ބަނޑިދޫއާއި މީދޫގައި ގާއިމްކުރި އައިސްޕްލާންޓުތައް ރަސްމީކޮށް ހުޅުވައިފި

ދ ބަނޑިދޫއާއި މީދޫގައި ގާއިމްކުރި އައިސްޕްލާންޓުތައް ރަސްމީކޮށް ހުޅުވައިފި

އަހުމަދު ޝުރާއު

logo

10/30/2025, 3:14:51 PM

# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

--

މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނައުމަށްޓަކައި، ދ. އަތޮޅުގެ ދެ ރަށެއްގައި ގާއިމުކުރެވުނު އައިސްޕްލާންޓްތައް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ހުޅުއްވައިދެެއްވައިފިއެވެ.

Wamco

މި އައިސްޕްލާންޓްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، "މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން" މި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށް ގެންދެވީ މިފްކޯއާ ހަވާލުކޮށްގެންނެވެ.

މިގޮތުން، ދ. ބަނޑިދޫގައި ގާއިމުކުރީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެކެވެ. މިކަމުގެ ސަބަބުން ބަނޑިދޫގެ މަސްވެރިންނަށް މަސް ގަނޑުކުރުމަށް ބޭނުންވާ އައިސް ލިބުމުގައި ކުރިމަތިވާ ދަތިކަން ހައްލުވެ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.

އަދި ދ. މީދޫގައި ވެސް ވަނީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއް ރަސްމީކޮށް ހުޅުވާފައެވެ. މި ފެސިލިޓީ ހުޅުއްވައިދެއްވީ ވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމުއެވެ. މީދޫ އާއި އެ ސަރަހައްދުގެ މަސްވެރި ރަށްތަކުގެ މަސްވެރިންނަށް އައިސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިފަދަ ބޮޑު ފެސިލިޓީއެއް ގާއިމުވުމަކީ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވުޒާރާއިން ބުނެއެވެ.

މި ދެ އައިސްޕްލާންޓަކީ ދ. އަތޮޅުގެ މަސްވެރިންނަށް އައިސްގެ ދަތިކަމެއް ކުރިމަތިނުވެ، އެމީހުންގެ މަސްވެރިކަން އިތުރަށް ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އެހީތެރިވުމުގެ މަގްސަދުގައި ސަރުކާރުން ގާއިމްކުރި ދެ އައިސްޕާލްންޓެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC