logoEN
Sto top
ފަގީރުންނަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރަފް ކުރަނީ

ފަގީރުންނަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރަފް ކުރަނީ

އަހުމަދު ޝުރާއު

logo

10/30/2025, 8:45:32 AM

# މޯލްޑިވްސް ޒަކާތު ހައުސް

-

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރަފުކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ނިންމައިފިއެވެ.

Wamco

ޒަކާތު ހައުސްއިން މިއަދު ބުނީ މި ކާޑު ތަޢާރުފް ވުމުން، ޞިއްޙީ ޚިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.

މިކަންކަމަކީ، އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަން ކަމުގައި ފާހަގަކުރެވޭކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ،

މި ކާޑު އުފެއްދުމުގެ މަޤުސަދަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވަކި އިދާރާއެއްގެ ގޮތުގައި އުފައްދަވާ ޒަކާތު ހައުސްއާއި ހަވާލުކުރައްވާފައިވާ މުހިއްމު މަސްއޫލިއްޔަތުކަމުގައިވާ ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުން ކަމަށްވެސް ޒަކާތު ހައުސިން ވަނީ ބުނެފައި އެވެ.

ޒަކާތު ހައުސްއާއިއެކު ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ޒަކާތު ހައުސްގެ އެހީ ހޯދަމުންނެވެ. އެގޮތުން ދާދި ފަހުން ޒަކާތު ހައުސް މެދުވެރިކޮށް 50 ސްކޮލަރޝިޕް ފުރުސަތުވެސް ވަނީ ދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC