
ކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ
# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލުމަށްޓަކާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން އަދި އެ ޕްލޭން ތަންފީޒުކުރުމަށް އެކުލަވައިފައިވާ ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ އޮގަސްޓު މަހު ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގައެވެ.
ކަށި މިޔަރު މަސްވެރިކަން ކުރުމާގުޅޭ ގަވާއިދުތައް މަސްވެރިކަމާ ބެހޭ ވުޒާރާއާއި ތިމާވެއްޓާބެހޭ ވުޒާރާއިން ގަވާއިދުތައް އަލުން މުރާޖާކޮށް އެމަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
މި މެނޭޖްމަންރތު ޕްލޭން ނުވަތަ ގަވާއިދަށް އާންމުންގެ އެއްވެސް ހިޔާލެއް އޮތް ނަމަ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ ހުޅުވާލަފައެވެ.
ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއްކުރީން ރާއްޖޭގައި ކުރި އަދި އޭގެން ބޮޑު މަންފާއެއް މަސްވެރީން ހޯދި މަސްވެރިކަމުގެ ބާވަތެކެވެ. އެކަން ހުއްޓުނީ ރާއްޖޭގައި މިޔަރުގެ އަބާދީ މަދު ވަމުން ދިއުމާ ގުޅިގެންނެވެ. އެހެން ނަމަވެސް މިހާރު މިޔަރު އާބާދީ ރާއްޖޭގައި އިތުރުވެ ބައެއް ފަހަރު މަސްވެރިންނަށްވެސް މިޔަރުގެ އުދަގޫ ބޮޑުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.
ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމަކީ މީގެ އަހަރުތަކެއް ކުރީން ރާއްޖޭގައި ކުރަމުންގެންދިޔަ މަސްވެރިކަމެކެވެ.
ގުޅުންހުރި

ފާއޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮޖެކްޓް އިފްތިތާހުކޮށްފި

ތިނަދޫ،އައްޑޫ އަދި ހިރިލަންދޫގައި މިފްކޯގެ ގާބިލުކަން އިތުރުކުރުމުގެ ތިން މަޝްރޫއެއް ޗައިނާގެ ސީ.އެމް.އީ.ސީއަށް!

މަސްވެރިކަމުގެ ލައިސަންސަށް އެދުމުގެ ޚިދުމަތް 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށް!




