logoEN
Sto top
ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް މުޢާޛު ރިޝްވަތަށް އެދުނު މައްސަލަ ޕީޖީ އޮފީހަށް!

ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް މުޢާޛު ރިޝްވަތަށް އެދުނު މައްސަލަ ޕީޖީ އޮފީހަށް!

އަހުމަދު ޝުރާއު

logo

10/12/2025, 4:06:29 PM

# އޭސީސީ

މޯލްޑިވްސް ކަސްޓަމްސް/ ފޮޓޯ: ދެން

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓަކު ރިޝްވަތަށް އެދިފައިވާ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި 08 އޮކްޓޫބަރު 2025ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން ފޮނުވައިފިއެވެ.

Wamco

އޭސީސީން މިއަދު ހާމަކުރި ގޮތުގައި މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް، މުޢާޛު ޢަލީ (ހ. ނިއުހެޕިނަސް، މާލެ)ގެ މައްޗަށެވެ.

އޭސީސީން ބުނީ 2018ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްއިން ދޫކޮށްފައިވީނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައިނުވާތީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލަމުންދިޔަ މައްސަލަ، އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުޢާޛު ޢަލީ ރިޝްވަތަށް އެދިފައިވާކަން ތަޙުޤީޤުން ހޯދިފައިވާ ކަމަށެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 510ވަނަ މާއްދާގެ (ހ)ގެ ދަށުން އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދަޢުވާއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC