-
އދ މަހިބަދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން، ވެމްކޯއާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ވެމްކޯއާއި ހަވާލުކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު އދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މަހިބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި އެވެ.
މި މަސައްކަތް ވެމްކޯއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ. އަދި މަހިބަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވި ރައީސް ރަޝާދު އަލީއެވެ.
މީގެ ކުރިން އެރަށުގައި ކުނި މެނޭޖްކުރަމުންދިޔައީ ކައުންސިލްގެ ފަރާތުންނެވެ. ނަމަވެސް މިރޭ ސޮއިކުރެވިގެންދިޔަ އެއްބަސްވުމާއިއެކު އެރަށުގައި ކުނި މެނޭޖްކުރާނެ ސެންޓަރަރެއް ގާއިމްކުރުމާއިއެކު ވެމްކޯގެ އޮޕަރޭޝަންތައް އެރަށަށް ފުޅާވެގެންދާނެ އެވެ. މިއާއިއެކު އެރަށުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ.
ރައީސް މުއިއްޒުގެ ވެރިކަމާއިއެކު ވެމްކޯގެ އޮޕަރޭޝަންތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އާބާދީ ބޮޑު ބައެއް ރަށްތަކުގައި ވެމްކޯގެ އޮޕަރޭޝަން ފެށިފައިވާކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލަތު މިދަނީ ގާތުން ބަލަމުން - ވެމްކޯ

ރޯދަ މަހު މާލެ ސަރަހައްދުން ކުނި ނަގާނެ ވަގުތުތައް ވެމްކޯއިން ކަނޑައަޅައިފި

ޕެންޝަން ފައިސާ ޖަމާނުކުރެވެނީ ފޯރުކޮށްދިން ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ، މާލެ ސިޓީ ކައުންސިލުން އެކަނިވެސް ދޭންޖެހޭ 98 މިލިއަން އެބަހުރި - ވެމްކޯ

.gif&w=3840&q=75)



