logoEN
Sto top
އެމްޑީޕީން އަންނަ މަހުގެ 17 ގައިވެސް މުޒާހަރާއަށް ނުކުންނަނީ

އެމްޑީޕީން އަންނަ މަހުގެ 17 ގައިވެސް މުޒާހަރާއަށް ނުކުންނަނީ

އަހުމަދު ޝުރާއު

logo

10/4/2025, 5:19:29 PM

# އެމްޑީޕީ

-

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން އަންނަ މަހުވެސް ބޮޑު މުޒާހަރާއަކަށް ނުކުންނަށް ނިންމައިފި އެވެ.

Wamco

އެމްޑީޕީން އަންނަ މަހުވެސް މުޒާހަރާއަކަށް ނުކުންނާން ނިންމީ މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގައި އެވެ. އެގޮތުން މާލޭގައި ހުންނަ އެޕާޓީގެ ހަރުގޭގައި ބޭއްވި ގައުމީ މަޖިލީސް ޖަލްސާއަށް ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ވަނީ މާލޭގައި ރޭ ބޭއްވި ބޮޑު މުޒާހަރާގައި އިއްވި ފަސް ޑިމާންޑު ނުފުއްދާނަމަ، ނޮވެމްބަރު 17، ގައި ބޮޑު މުޒާހަރާއެއް ބާއްވަން ގަރާރެއް ހުށަހަޅާފައި އެވެ.

ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ހަސަން ތާއީދު ކުރެއްވި މި ގަރާރަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތާއިއެކު ވަނީ ފާސްކޮށްފައި އެވެ. މި މުޒާހަރާ ބާއްވަން ތާވަލުކޮށްފައިވާ ތާރީހަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރަށް ދެއަހަރު ފުރޭ ދުވަހެވެ.

ރޭ ބޭއްވި އެމްޑީޕީގެ މުޒާހަރާގައި އެޕާޓަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ސަރުކާރަށް ފަސް ޑިމާންޑެއް ކުރައްވާފައި އެވެ. އެގޮތުން އެ ފަސް ޑިމާންޑުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ބާރުތައް ހިސޯރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އަނބުރާ އިޔާދަކުރުމާއި ދިވެހިރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލާ އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި، ޕްރައިވެޓް ސެކްޓާ ކުރިއެރުވުމަށް ހުރަސްއެޅުން ހުއްޓާލާ، ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާދީ ނިންމުމާއި ފައްކާވަމުން އައި ލާމަރުކަޒީ ނިޒާމު އިހު އޮތް ގޮތަށް އިޔާދަކޮށް، ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓުވާލުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލްކުރާ ގާނޫނު އުވާލުމުގެ އިތުރުން އާސަންދަ އާއި ބޭސްފަރުވާ، ރައްކާތެރި ބޭސް 17 ނޮވެމްބަރު 2023 ގައި ހަމައަށް ދިވެހިންނަށް ލިބެން އައި މިންވަރަށް ލިބޭނެ ގޮތް ހަމަޖެއްސެވުމެވެ.

ރޭ އެމްޑީޕީން އާޓިފިޝަލް ބީޗުން މުޒާހަރާ ފެށި ނަމަވެސް މަޖީދީ މަގުން މުޒާހަރާގެ ބައިވެރީން ކުރިޔަށްދާނެ ނިންމުމާއިއެކު ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައި އެވެ. އަދި މުޒާހަރާ އިތުރަށް ކުރިޔަށް ނުގެންދެވުމުން އެމްޑީޕީން ވަނީ ރޭ 12 ޖަހަން އުޅެނިކޮށް މުޒާހަރާ ނިންމާލާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC