
ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމަށް ހަވާލުކޮށްފި
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޙަސަން ޙަބީބުއެވެ.
ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ޢިމާރާތްކުރާ މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން ލައިބްރަރީއަކާއި ކްލާސްރޫމް ހިމެނިފައިވާ ހުންނާނެއެވެ. އަދި މީގެ އިތުރުން މިސްކިތް ނިމޭއިރު އޭސީ ހަރުކުރެވި ސޯލާ ނިޒާމު ޤާއިމް ކުރެވިފައި ހުންނާނެކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ރަށްތަކުގައި އަލަށް ޢިމާރާތް ކުރާ މިސްކިތްތަކަކީ ޒަމާނީ ޑިޒައިންތަކަށް ޢިމާރާތް ކުރާ ހިއްގައިމު މިސްކިތްތަކެެވެ. މި މަޝްރޫޢުއަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ގުޅުންހުރި

ކައުންސިލަރުންނަށް ހިންގި ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމް 36 ކައުންސިލަރުން ފުރިހަމަކޮށްފި

އަންނަ އަހަރުން ފެށިގެން، ހުރިހާ ހައްޖުވެރިންގެ ހަދުޔާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސައުދީގެ ހައްޖު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން!

ރާއްޖެއަށް ހައްޖު ކޯޓާ އިތުރުކުރުމަށް މަޝްވަރާކޮށްފި





