
-
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބޭއްވުމަށް ނިންމާފައިވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު 2026 ޖުލައި 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށެވެ.
ޒުވާން ޚަޠީބުންގެ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރު 2026 ގައެވެ.
މި މަހާސިންތާގައި ބައިވެރިވެވޭނީ؛
މި މަހާސިންތާއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ މަހާސިންތާއެކެވެ. މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީއަށް އިސްލާމިކް މިނިސްޓްރީން ވަނީ ދަޢުވަތު ދެއްވާފައެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް ނުހަނު މުހިންމު މުނާސަބަތަކަށް ވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ތަމްރީނުވެފައިވާ ޒުވާން ޚަޠީބުންގެ އަދަދު 621 އަށް އަރާފައިވާއިރު، ރަސްމީކޮށް ސެޓްފިކެޓް ލިބިފައިވާ ޙާފިޡުންގެ އަދަދު ވަނީ 310 އަށް އަރާފައެވެ.
















