logoEN
Sto top
އޮކްޓޯބަރު ތިނެއްގައި އެމްޑީޕީއިން ބޮޑު މުޒާހަރާއަކަށް ނުކުންނަނީ

އޮކްޓޯބަރު ތިނެއްގައި އެމްޑީޕީއިން ބޮޑު މުޒާހަރާއަކަށް ނުކުންނަނީ

އަހުމަދު ޝުރާއު

logo

9/1/2025, 6:27:01 PM

# އެމްޑީޕީ

-

އަންނަ މަހުގެ 3 ވަނަ ދުވަހު މާލޭގައި މުޒާހަރާކުރަން ނުކުންނަށް އިދިކޮޅު އެމްޑީޕީން މިރޭ ނިންމައިފި އެވެ.

Wamco

އެމްޑީޕީން މި މުޒާހަރާއަށް ނުކުންނަށް ނިންމީ މިރޭ އެޕާޓީން ބޭއްވި ޕާޓީގެ ކުއްލި ގައުމީ ޖަލްސާގައި އެވެ. މިގޮތުން ގައުމީ މަޖިލީހުގެ ޖަލްސާ އަށް އެ ޕާޓީގެ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ހުށަހެޅި ގަރާރުގައި ބުނެފައިވަނީ މި ސަރުކާރުން ކުރަމުންދާ ވައްކަންތަކާއި، ކޮރަޕްޝަނާއި ފަސާދަ އާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރަސްއެޅުމާއި، އަދުލު އިންސާފަށް އަތް ބޭނުމާއި ރައްޔިތުންގެ އާންމު ހާލަތު ދަށްވުމާއި އަދި މި ކަންކަމުގެ މައުލޫމާތު ފެތުރުމަށް އޮތް މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވަންޖެހޭ ކަމަށެވެ.

އެގޮތުން އަންނަ މަހުގެ ތިންވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

އަދި ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބު ވަންދެން އިހުތިޖާޖުތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ވެސް ގަރާރުގައިވެ އެވެ.

އެ ގަރާރަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމެވެ. އަދި އެއަށްފަހު ގަރާރަށް ގައުމީ މަޖިލީހުން ތާއީދުކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާއަކީ ޕާޓީގެ ހަރަކާތްތަކާއި ދުވަސްކޮޅެއް ވަންދެން ދުރުގައި ހުންނެވުމަށްފަހު ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި ފުރަތަަމަ ހަރަކާތެވެ.

މި ގަރާރު ފާސްވެގެން ދިޔުމާއިއެކު މުޒާހަރާ އިޝްތިހާރުކުރުމުގެ މަސައްކަތް މިހާރު އެމްޑީޕީން ވަނީ ފަށާފައި އެވެ. އެގޮތުން މުޒާހަރާގެ ނަމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ލޫޓުވައިފި ލޫޓުވައިފި" އެވެ. އެމްޑީޕީން ވަނީ މި މުޒާހަރާއަކީ ގައުމީ ހަރަކާތެއްގެ ގޮތުގައި ސިފަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި ހަރަކާތުގައި ބައިވެރިވުމަށް ދައުވަތު ދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC