.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)
ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ޔަމަނަށް ހަމަލާދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވައިގެ މަގުން ޔަމަނުގެ ވެރިރަށަށް އަންނަނީ ހަމަލާތަކެއް ދެމުންނެވެ. މިއީ މި ހަފްތާގެ ތެރޭގައި ޔަހޫދީ ބާރުތަކުން ޔަމަނުގެ ވެރިރަށަށް ދެމުންދާ ދެވަނަ ހަމަލާއެވެ.
މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އިތުރު މައުލޫމާތުތަކެއް ހާމަވެފައި ނުވި ނަމަވެސް ހޫތީންގެ ކޮންޓްރޯލް އަންނަ ޔަމަނުގެ ބައެއް މީޑީއާތަކުން އަންނަނީ މި ހަމަލާތަކުގައި ވެރިރަށަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުކުރަމުންނެވެ.
މި ހަފްތާގެ ކުރީކޮޅު ޔަހޫދީން ޔަމަނުގެ ވެރިރަށް ސަނާއަށް ދިން ހަމަލާތަކެއް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު އެހަމަލާގައި ޔަމަނުން 6 މީހަކު ވަނީ މަރުވެފައި އެވެ. އަދި 86 މީހަކަށް އަނިޔާވެގެން ފަރުވާދީފައި އެވެ.
އެހަމަލާއަށްފަހު ޔަހޫދީން ބުނީ ހަމަލާދީފައިވަނީ ސަނާގައި ހުރި ހޫތީންގެ އަސްކަރީ މަރުކަޒަކަށް ކަމަށެވެ.
.jpeg?w=3840&q=75)


