
ލަންކާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރެއްވުމަށް އަނުރަ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ރައީސް މުއިއްޒުގެ ތައުރީފް!
# ރައީސް މުއިއްޒު-
ސްރީލަންކާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރެއްވުމުގައި، ސްރީލަންކާގެ ރައީސް، އަނުރަ ކުމާރަ ޑިސަނަޔާކަ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަޢުރީފު ކުރައްވައިފި އެވެ.

ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުން ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ، ގުޅިފައިވާ ބަޔާނެއް މިއަދު ވަނީ ދެއްވާފައި އެވެ.
އެގޮތުން މިއަދުގެ ބަޔާނުގައި ރައީސް މުއިއްޒު ވަނީ ސްރީލަންކާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރެއްވުމުގައި، ސްރީލަންކާގެ ރައީސް، ޑިސަނާޔަކެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވައި، އެމަނިކުފާނުގެ ޒަޢާމަތުގައި، ވިލުންތެރި، ޝާމިލު އިޤްތިޞާދެއްގެ ގޮތުގައި ސްރީލަންކާގެ އިޤްތިޞާދު އިތުރަށް ހަރުދަނާވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ވިދާޅުވެފައި އެވެ.
މީގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އިންޑިއާ ކަނޑުން ބަނދެވިފައިވާ، ގާތްތިމާގެ ޤައުމުތަކެއްގެ ގޮތުގައި، ދެފަރާތުގެ އިޙްތިރާމާއި ދޭދޭ ފެންވަރުގައި ހިއްސާކުރަނިވި އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ، ޒަމާންވީ އެކުވެރިކަމެއް އޮތް ދެ ޤައުމުގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ. އަދި މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބު އަހަރަށް ވާއިރު، މިއީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބު އަހަރު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ ޖުލައި 26، 1965 ގައެވެ. ސްރީލަންކާ ހިމެނެނީ ދިވެހިރާއްޖެއާއި އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައެވެ.
މިއަދު ބޭއްވެވި މަޝްވަރާތަކުގެ ތަފްޞީލު ދެއްވަމުން ރައީސް ވިދާޅުވީ، ވިޔަފާރީގެ ދާއިރާއާއި، ދިފާޢީ ދާއިރާއާއި، ތަޢުލީމާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން، ތިމާވެއްޓާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް 2 ފަރާތަށްވެސް ހުރި ފުރުޞަތުތައް ދެނެގަނެވިފައިވާކަމަށެވެ. އަދި މިއަދު ބަދަލުކުރެވުނު އެއްބަސްވުމުން ދޭހަކޮށްދެނީ ދެޤައުމުގެ މެދުގައި ވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެޤައުމުންވެސް ދޭ އަހައްމިއްޔަތުކަން ކަމުގައި ރައީސް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާގައި ސްރީލަންކާގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޤާބިލުކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގައި، ޢިލްމު ޙިއްޞާކުރުމާއި، ޢިލްމީ މުއައްސަސާތަކުގެ މެދުގައި ގާތް ގުޅުމެއް އުފައްދައި، އެއްބާރުލުން އިތުރުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެޤައުމުންވެސް އެއްބަސްވެވަޑައިގެންފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




