logoEN
Sto top
ޖުވާ ހުއްޓުވުމަށް ޤާނޫނު ހަދާ އަދި ގާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ޒިންމާ ބޮޑު - ހުތުބާ

ޖުވާ ހުއްޓުވުމަށް ޤާނޫނު ހަދާ އަދި ގާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ޒިންމާ ބޮޑު - ހުތުބާ

އަހުމަދު ޝުރާއު

logo

7/11/2025, 8:02:45 AM

# ހުތުބާ

-

ޖުވާގެ ނުބައި ކުޅިވަރު ރާއްޖޭގައި ހުއްޓުވުމަށް ޤާނޫނު ހަދާ އަދި ގާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ޒިންމާ ބޮޑުކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Wamco

މިއަދުގެ ހުތުބާ ޚާއްސަކޮށްފައިވަނީ "ޖުވާއާއި އޭގެ އާމްދަނީ ޙަރާމެވެ." މި މައުޟޫގެ މައްޗަށެވެ. އެގޮތުން ހުތުބާގައި ބުނީ ޖުވާއަކީ، ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެއް ކަމަށާއި މިއީ އިސްލާމް ދީނުގައި ޙަރާމްކަމެއް ކަމަށެވެ.

އެގޮތުން މާތް الله އެ ކަލާނގެ އަޅުތަކުންނަށް ހުއްދަކުރެއްވީ، ޙަލާލު ރަނގަޅު ތަކެއްޗާއި އެ ފަދަ ޢަމަލުތައްކަމަށާއި ނުބައި އެއްވެސް އެއްޗެއް އަދި އެއްވެސް ޢަމަލެއް އެ ކަލާނގެ ހުއްދައެއްނުކުރައްވާކަން ހުތުބާގައި ވަނީ ފާހަގަކުރައްވާފައި އެވެ. އަދި އާމްދަނީ ހޯދުމަށް ޓަކައި، އިސްލާމީ ޝަރީޢަތް ހުއްދަކުރަނީ، ކެހިވެރިކަމެއް، މަކަރުވެރިކަމެއް، އޮޅުވައިލުމެއް ނެތް، ވަކި ފަރާތަކަށް ގެއްލުމެއްނުލިބޭ، ހާމަކަން ބޮޑު ސާފު މުޢާމަލާތުތަކެއްކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.

ހުތުބާގައި ބުނީ އިސްލާމް ދީނުގައި ޖުވާ ޙަރާމްކުރެއްވީ، އެ ކަމަކީ ފާފަވެރިވާ، ގެއްލުން ހުރި، މުޑުދާރު ޢަމަލަކަށް ވާތީ ކަމަށެވެ. އަދި ޙަރާމް ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، ކެއުމަށް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުންކުރުން ހުއްދައެއް ނޫން ކަމަށާއި އެހެނީ އެ ފަދަ އެއްޗެއް ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ޙައްޤުކަން ބޮޑީ ނަރަކަކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ޖުވާ ކުޅެގެންނާއި، ދީނުގައި ޙަރާމްކުރައްވައިފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފުސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން ތިޔަބައިމީހުން އެއްކިބާވާން ހުތުބާގައި ގޮވާލާފައިވެއެވެ. އެހެނީ އެ ފައިސާ ދީފައި ގަންނަ ތަކެތި ކެއުމާއި، އެ ފަދަ ފައިސާއިން ހޯދާ ފޭރާންލުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތަޢުލީމާއި ޞިއްޙަތަށް ޚަރަދުކުރުމަކީ، އޭގެ ސަބަބުން އެ މީހަކު ސުވަރުގެއިން މަޙްރޫމުވެ، ނަރަކަވަންތަވެރިވެދާނޭ ކަމެއްކަން ކީރިތި ރަސޫލާގެ ޙަދީޘުތަކުން ޞަރީޙަކޮށް އެނގޭކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވާ ގޮތުގައި ޖުވާކުޅުމަކީ ދުންޔަވީ ގޮތުން ވެސް ގެއްލުން ހުރި ކަމެއް ކަމަށާއި އެގޮތުން ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި، ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭން ޖެހޭއިރު ބައެއްފަހަރު، މޮޅުވި މީހާ، އެ ކަމަށް ކުރި ހުރިހައި ޚަރަދެއް ދޭން ޖެހެއެވެ. މިއާއިއެކު އެންމެ ފަހުން ބަލިވި މީހާ ދަރަނިވެރިވެ، ބަނގުރޫޓުވާ ހާލަތަށް ދާކަން ހުތުބާގައި ބުންޏެވެ.

ޖުވާގެ ތެރޭގައި، ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރާއި، ނަޞީބު ނަންބަރު ނެގުމާއި، ކެސިނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި، އިލެކްޓުރޯނިކު ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ހަރާދުކިއުން ނުވަތަ ބެޓުކުރުން ހިމެނެއެވެ. މިއިން ކޮންމެ ކުޅިވަރަކީ، ނަތީޖާ ނުކުންނާނޭ ގޮތެއް ނޭނގޭ ކުޅިވަރެއް ކަމަށާއި ތިބާއަށް އެ ފީނައިގަނެވެނީ ފުންމިން ނޭނގޭ ކަނޑަކަށް ކަމަށް ހުތުބާގައި ވަނީ ބުނެފައި އެވެ.

އަދި ޖުވާގެ ބާވަތްތައް ޙަރާމްވީ، ނުޙައްޤުން މީސްތަކުންގެ މުދަލަށް އަރައިގަނެވޭތީ ކަމަށާއި ފައިދާވާ މީހާއަށް އެ ލިބެނީ ޙަރާމް މުދަލެއްކަމުގައި ވާތީކަމަށެވެ. އަދި އޭނާއާއި އޭނާގެ އަނބިދަރީންނަށް އެ ކާންދެވެނީ ޙަރާމްތަކެތިކަމަށާއި ގެއްލުންވާ މީހުން ބަނގުރޫޓުވެ ޖުވާކުޅޭ މީހުންގެ މެދުގައި އުފެދޭ ޢަދާވާތްތެރިކަމުގެ ސަބަބުން ހިނގާ މާރާމާރީތަކުގައި، މުދަލާއި، ގެދޮރާއި، ފުރާނައަށް، ގެއްލުން ލިބޭކަމަށްވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައި އެވެ.

ޖުވާގެ ސަބަބުން މުޅި މުޖުތަމަޢު ފަސާދަވެ، އޭގެ ގެއްލުން ޢާންމު ފާފަވެރިވެ، ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލޭ. މިއީ މުޅީން ވެސް އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާ ޚިލާފު ކަން. އިސްލާމް ދީން އައީ މީސްތަކުންގެ މުދަލާއި ފުރާނައާއި އަބުރު ޙިމާޔަތްކޮށްދިނުމަށް. ޖުވާގެ ސަބަބުން މި މަޤްޞަދުތައް ގެއްލޭ" ހުތުބާގައި ބުންޏެވެ.

ޖުވާކުޅުމަކީ މިއަދު މުޅި ދުނިޔޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ވަބާއެއް ކަމަށާއި މީގެ ސަބަބުން ބައެއް މީހުންގެ އެކައުންޓު ހުސްވެ، ނުއަގުގައި އޮޑިދޯނިފަހަރާއި ގެދޮރު ވިއްކައިލާން ޖެހިފައިވާކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އަނބިދަރީންނަށް ހޭދަކުރާނެ ފައިސާ ނެތި، ގޮތް ހުސްވެ، ދަރަނިވެރިވެފައި ތިބި މީހުން އެބަތި ކަމަށާއި މި ކަން ހުއްޓުވުމަކީ މިއަދު ކޮންމެހެން ވެސް ކުރާން ޖެހިފައިވާ ކަމެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައި އެވެ.

މި ކަމުގައި މައިންބަފައިންނާއި، މުދައްރިސުންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި، ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރުން ވަރަށް މުހިންމު ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

ޖުވާގެ ބާޒާރަށް ވަދެ، ޙަރާމް ގޮތުގައި ފައިސާ ހޯދުމަށް ފަހު، މި ކަމުން ސަލާމަތްވާން އެދޭ މީހުންނަށް އޮތީ ތައުބާވުންކަމަށާއި އަލްމައުސޫޢަތުލްފިޤްހިއްޔާގައި ބުނެފައިވާ ގޮތުން ޖުވާ ކުޅޭ މީހާ އެ ހޯދަނީ ޙަރާމް ފައިސާކަމަށް ހުތުބާގައި ބުންޏެވެ. އޭނާ އެ ކަމުން މިންޖުވާން އެދޭ ނަމަ އޮތް ގޮތަކީ އޭނާއަށް ނުޙައްޤުން އެ ފައިސާ ލިބުނީ ކޮން ބަޔެއްގެ އަތުންކަން އެނގޭ ނަމަ އެ ބަޔަކަށް އެ ފައިސާ ރައްދުކުރުން ކަމަށާއި އެ ގޮތަށް އެ ފައިސާ ރައްދުކުރެވޭނެ ގޮތެއް ނެތް ނަމަ އެ މީހުންގެ ނަމުގައި ފަޤީރުންނަށް އެ ފައިސާ ދިނުން ކަމަށް ހުތުބާގައި ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside