logoEN
PNC TOP 3
ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ތަމްރީން ޕްރޮގްރާމެއް ށ.އަތޮޅުގައި!

ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ތަމްރީން ޕްރޮގްރާމެއް ށ.އަތޮޅުގައި!

އަހުމަދު ޝުރާއު

logo

6/26/2025, 2:04:20 PM

# ސިއްޙީ ދާއިރާ

-

ގައިންގަޔައް ނާރާ ބަލިތަކުގެ މީހުންގެ ރަޖިސްޓްރީ ޤާއިމުކޮށް އެފަދަ ބަލިތަކުގައި އުޅޭ މީހުންގެ އެންމެހާ ކަންކަން ގާތުން މޮނިޓަރ ކުރުމަށް ސިއްޙީ ޚިދުމަތްތެރިން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ށ.އަތޮޅު ހޮސްޕިޓަލްގައި ކުރިއަށް ގެންގޮސްފިއެވެ.

PNC MID 2

މި މަހުގެ 22 އަދި 23 އަށް ށ.އަތޮޅުގައި ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 11 ރަށަކުން 17 ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިފައިވާ ކަންތައްތަކުގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކާއި އެހެނިހެން ގޮތުން ދިގުމުއްދަތައް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމުމުގެ މަސައްކަތްކުރެވުނެއެވެ.

އަދި ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރެވި މެދު ކެނޑުމެއް ނެތި ބޭސް ލިބޭނެ އިންތިޒާމާއި ފަސޭހަކަމާއެކު ލެބޯޓްރީ ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެއެވެ.

މީގެ އިތުރުން ކޮންމެ ހެލްތު ފެސިލިޓީއަކުން ފޯކަލް ޕޮއިންޓެއް ކަނޑައަޅާ ކޯޑިނޭޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސުމުގެ މަސައްކަތް ވެސް މިޕްރޮގްރާމްގެ ތެރެއިން ކުރެވުނެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC