logoEN
Sto top
ރަފާހްގައި ހަރަކާތްތެރިވަމުންދިޔަ ޔަހޫދީންގެ ސިއްރު ސިފައިންތަކެއް މަރާލައިފި

ރަފާހްގައި ހަރަކާތްތެރިވަމުންދިޔަ ޔަހޫދީންގެ ސިއްރު ސިފައިންތަކެއް މަރާލައިފި

އަހުމަދު ޝުރާއު

logo

5/30/2025, 5:40:58 PM

# އިސްރާއިލް

ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ރަފާހްގައި ހަރަކާތްތެރިވަމުންދިޔަ ޔަހޫދީންގެ ސިއްރު ސިފައިންތަކެއް މަރާލައިފި އެވެ.

Wamco

ހަމާސްގެ އަސްކަރީ ގޮފި ކަމަށްވާ ކަސާމް ބްރިގޭޑުން މިއަދު ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި ހަރަކާތްތެރިވަމުން އިސްރާއީލުގެ ސިއްރު ( އަންޑާ ކަވާ) ސިފައިންތަކެއް މަރާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.

ކަސާމް ބްރިގޭޑުން ބުނީ އިސްރާއީލާ ގުޅުންހުރި "އަންޑަކަވާ" ސިފައިންގެ ގޮތުގައި ސިފަކުރާ މި މީހުން ޣައްޒާގައި އާއި ރަފާހްގައި ހަރަކާތްތެރިވަމުންދާ އިސްރާއީލު ސިފައިންނަށް އެހީތެރިކަން ދެމުން އަންނަ ކަމަށެވެ.

އެމީހުން މަރާލާފައިވަނީ ކަސާމް ބްރިގޭޑުން އެމީހުން ވަތް ޓަނަލުގައި ބޮން ހަރުކުރުމަށްފަހު އެމީހުން ވަނުމާއި އެކު ގޮއްވާލައިގެންނެވެ.

މި ކަމާއި ގުޅިގެން އަދި މިހާތަނަށް އިސްރާއީލު އަސްކަރިއްޔާއާއި އިސްރާއީލު ސަރުކާރުންވެސް ބަހެއް ބުނެފައި ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside