logoEN
Sto top
ހޫތީންގެ ހަމަލާތަކާއިއެކު އިޒްރޭލުގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް!

ހޫތީންގެ ހަމަލާތަކާއިއެކު އިޒްރޭލުގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް!

އަހުމަދު ޝުރާއު

logo

5/25/2025, 4:57:08 PM

# އިސްރާއިލް

ހޫތީން ހުއްޓުމެއްނެތި އިޒްރޭލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކާއި އެކު އިޒްރޭލުގެ އިގްތިސޯދަށް ބޮޑެތި އަސަރުތަކެއް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

Wamco

އިސްރާއީލުގެ އެންމެ ބޮޑު އެއް މީޑިއާކަމަށްވާ ޗެނަލް 12 ބްރޯޑްކާސްޓަރުން ރިޕޯޓުކުރާގޮތުގައި އިޒްރޭލުގެ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް ހޫތީން މިހާރު ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދަނީ އިސްރާއީލަށް ލިބެމުންނެވެ.

މިގޮތުން ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ތަކުރާރުކޮށް އެއާޕޯޓަށް ހަމަލާތައް އަމާޒުކުރުމުން ބައިނަލްއަގްވާމީ ގާތްގަނޑަކަށް 20 އެއާލައިނަކުން އިސްރާއީލަށް ދަތުރުތައް މެދުކަނޑާލާފައިވާއިރު، ބައެއް އެއާލައިންތަކުން ދަނީ އިސްރާއީލު ސަރުކާރުން ބަދަލު ހޯދަން މަސައްކަތް ފަށާފައި އެވެ.

ރަޔަންއެއާގެ ސީއީއޯ މައިކަލް އޯލެރީ މިދިޔަ ހަފުތާގައި ބުނެފައި ވަނީ އިޒްރޭލާ އެކު ވިޔަފާރި ކުރެވޭނެ ކަމުގެ އުންމީދު މިހާރު ކުޑަވެފައިވާ ކަމަށެވެ. މި ސަލާމަތީ މައްސަލަތަކުގެ ސަބަބުން ތެލްއަވީވްއަށް ދަތުރުކުރާ ފްލައިޓްތަކަށް ބުރޫ އަރާނަމަ، އެ މަތިންދާބޯޓުތައް ޔޫރަޕްގެ އެހެން މަންޒިލަކަށް ބަދަލުކުރުން މާ ރަނގަޅު ކަމަށް އޭނާ ވަނީ ބުނެފައި އެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާގައި އިސްރާއީލުން ފެށި ޙަމަލާތަކާ ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނާއި އެކު ތިބި ކަމަށް ބުނެ ހޫޘީން އަންނަނީ އިސްރާއީލާ ދެކޮޅަށް ސިލްސިލާ ޙަމަލާތަކެއް ދެމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside