logoEN
Sto top
އެންޓޮނީގެ މޮޅު ކުޅުމާއެކު ރެއާލް ބެޓިސް ޔުއެފާ ކޮންފަރެންސް ލީގު ފައިނަލުން ޖާގަ ހޯދައިފި

އެންޓޮނީގެ މޮޅު ކުޅުމާއެކު ރެއާލް ބެޓިސް ޔުއެފާ ކޮންފަރެންސް ލީގު ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

5/9/2025, 8:45:18 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ކޮންފަރެސް ލީގު

ރެއާލް ބެޓިސްގެ ކުޅުންތެރިން ފިއޮރެންޓީނާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ޔުއެފާ ކޮންފަރެންސް ލީގު ސެމީފައިނަލް ދެވަނަ ލެގުގައި ރޭ ރަށުން ބޭރުގައި އިޓަލީގެ ފިއޮރެންޓީނާއި ދެކޮޅަށް ސްޕެއިންގެ ރެއާލް ބެޓިސް ކުޅުނު މެޗު 2--2 ގެ ނަތީޖާއަކުން އެއްވަރުކޮށް ރެއާލް ބެޓިސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

Wamco

ސެމީފައިނަލުގެ ފުރަތަމަ ލެގުގައި މިދެޓީމު ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ބެޓިސް ކާމިޔާބުކޮށްފައިވާއިރު އެޓީމު ފައިނަލުން ޖާގަ ހޯދީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ފިއޮރެންޓީނާގެ މައްޗަށް ކުރިހޯދައި ގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބެޓިސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލްގެ ފޯވާޑް އެންޓޮނީ އެވެ. މިއީ ފިއޮރެންޓީނާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ފިއޮރެންޓީނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރޮބިން ގޯސެންސް އެވެ. އަދި އޭގެ އަށް މިނެޓް ފަހުން ގޯސެންސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އެޓީމަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ފިއޮރެންޓީނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ވެސް ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-1 ގެ ނަތީޖާއަކުން ފޮއޮރެންޓީނާ ކުރީގައި އޮވެގެންނެވެ.

މިއާއެކު އެގްރިގޭޓް ނަތީޖާއިން ދެޓީމު އެއްވަރުވެ މެޗުގެ ނަތީޖާނެރުމަށް އިތުރު ވަގުތުގެ 15 މިނެޓުގެ ދެހާފު ވަނީ ކުޅެފައެވެ. އަދި އިތުރު ވަގުތުގެ 97 ވަނަ މިނެޓުގައި އެންޓޮނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެޓިސްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ މޮރަކޯ ފޯވާޑް އަބްޑޭ އެޒަލްޒޫލީ އެވެ.

މިލަނޑާއެކު މެޗުގެ 120 މިނެޓުގެ ކުޅުން ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިނަތީޖާއެކު ރެއާލް ބެޓިސްއަށް ފައިނަލުން ޖާގަ ލިބުނީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside