logoEN
Sto top
ފަސޭހަކަމާއެކު ބިލްބާއޯ ބަލިކޮށް ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދައިފި

ފަސޭހަކަމާއެކު ބިލްބާއޯ ބަލިކޮށް ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

5/9/2025, 3:03:29 AM

# ޔުއެފާ ޔޫރޮޕާ ލީގު # އެތްލެޓިކް ބިލްބާއޯ # މެންޗެސްޓަރ ޔުނައިޓެޑް# ބޭރު ދުނިޔޭގެ ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑާއި އެތްލެޓިކް ބިލްބާއޯ ވާދަކުރި މެޗުގެ ތެރެއިން...

ޔުއެފާ ޔުރޮޕާ ލީގު ސެމީފައިނަލް ދެވަނަ ލެގުގައި ބްރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯފައިފިއެވެ.

Wamco

ބިލްބާއޯގެ ދަނޑުގައި ކުޅުނު ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗު 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފައިވާއިރު، އެޓީމު ފައިނަލުން ޖާގަހޯދީ 7-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ގެނިގެންދިޔައިރު. މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބިލްބާއޯ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު މިިކޭލް ޖޮއާގިޒާ އެވެ.

ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް އެވެ. އަދި ޔުނައިޓެޑުން މެޗުގެ ލީޑުހޯދި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކަސަމީރޯ ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ރަސްމުސް ހޮއިލަންޑް އެވެ.

މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މައުންޓް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޔުނައިޓެޑަށް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިސީޒަނުގައި ޕްރެމިއާ ލީގުގައި ޔުނައިޓެޑްގެ ފަރާތުން އާދައިގެ ކުޅުމެއް ފެމިގެންދިޔަ ނަމަވެސް، ޔޫރަޕުގައި އެޓީމުން ދައްކަނީ ތަފާތު މޮޅު ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން ޔުރޮޕާ ލީގުގެ ފައިނަލުން އެޓީމު ޖާގަ ހޯދާފައިވަނީ މެޗަކުން ބަލިނުވެއެވެ. އަދި މިވަގުތު ޕްރެމިއާ ލީގުގެ 15 ވަނައިގައި އޮތް ޔުނައިޓް ޔުރޮޕާ ލީގު ކާމިޔާބުކޮއްފިނަމަ ކުރިއަށް އޮތް ސީޒަނުގައި ޔުއެފާ ޗެންޕިއަންސް ލީގުން އެޓީމަށް ޖާގަ ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside