logoEN
Sto top
ޔުމްނު ވެއްޓުނުރޭ ރައުދުއާއި ދެމެދު ހަމަނުޖެހުމެއް ހިނގި - ފުލުހުން

ޔުމްނު ވެއްޓުނުރޭ ރައުދުއާއި ދެމެދު ހަމަނުޖެހުމެއް ހިނގި - ފުލުހުން

އަހުމަދު ޝުރާއު

logo

4/25/2025, 5:20:26 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

މާލޭގެ އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި އިމާރާތުގެ ފުރާޅުމައްޗަށް ވެއްޓުނު ޔުމްނު ރަޝީދު ވެއްޓުމުގެ ކުރީން އޭނާއާއި އެއިމާރާތުގެ އުޅުނު ރައުދު އަހުމަދު ޒިލާލް އާއި ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ފުލުހުން ބުނެފި އެވެ.

Wamco

މިކަން ހާމަވެގެންގޮސްފައިވަނީ މިއަދު ރައުދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުލުހުން ކޯޓުގައި ހާމަކުރި މައުލޫމާތުތަކުންނެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބަލާ އިންވެސްޓްރިގޭޝަން އޮފިސަރު ވަނީ ޔުމްނުއާއި، ރައުދުއާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައިވާކަމަށް ބުނެފައި އެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާއަށްފަހު އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް، ޔުމްނު ކޮބައިތޯ ރައުދުއާ ސުވާލުކުރުމުން "ވީ ތަނެއް ނޭނގޭ" ކަމަށާއި "ވެއްޓުނީކަމަށް ބެލެވޭ ކަމަށް" ރައުދު ބުނި ކަމަށް އައިއޯ ވަނީ ކޯޓުގައި މިއަދު ބުނެފައި އެވެ.

ނަމަވެސް ޔުމްނު އާއި ރައުދު އާއި ދެމެދު ހަމަނުޖެހުން ހިނގީ ކޮން އިރަކު ކަމެއް އަދި ކީތްވެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިއަދުގެ ބަންދުގެ މަޖިލީހުގައި ރައުދުގެ ވަކީލު ވަނީ ފުލުހުން އަމަލުކުރި ގޮތުން ރައުދުއާއި ވަކީލުންނާ ބައްދަލުކުރެވިފައި ނުވާކަމަށާއި ފުރިހަމައަށް ޖަވާބުދާރީވެ ދިފާޢުވެވޭނީ ރައުދުއާއި ބައްދަލުވެގެން ކަމަށް ބުނެފައި އެވެ. އަދި ވަކީލު ބައްދަލުވުން ހަމަޖެހުނުނަމަވެސް ހުކުރު ދުވަހުގެ އިންތިޒާމް ހުންނަ ގޮތުން ދޫނިދޫއަށް ގޮސްފިނަމަ މުއްދަތު މަޖިލީހަށް ޙާޟިރު ނުވެވިދާނެކަމަށް ބެލެވޭތީ ދާން ދަތިވީކަމަށާއ،ި ފުލުހުން ގާތު އިތުރު އިންތިޒާމްއެއް ހަމަޖެއްސައިދިނުމަށް އެދުނު ނަމަވެސް އެކަން ފުލުހުން ކޮށްދީފައިނުވާކަމަށް ރައުދުގެ ވަކީލު ވަނީ ކޯޓުގައި ބުނެފައި އެވެ.

މިއަދުގެ ބަންދު މަޖިލީހުގައި ރައުދުގެ ވަކީލް ވަނީ ރައުދުއަކީ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްކަމުންނާއި އިތުރު ރެކޯޑެއްވެސް ނެތް ފަރާތެއް ކަމުން އޭނާ ބަންދުން ދޫކޮށްލަން ކޯޓުގައި އެދިފައި އެވެ.

މައްސަލަ ބަލާ އައިއޯ ފާހަގަކުރި ކަންކަމަށް ބަލާއިރު މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތް ވެއްޓުނުކަމަށް ބެލެވޭ ވަގުތުގެ ކުރިން ރައުދުއާއި ހަރަކާތްތެރިވާ މަންޒަރު ފުޓޭޖުން ފެންނަކަމަށާއ،ި ވެއްޓުނުކަމަށް ބެލެވޭ ވަގުތަށްފަހު އަނިޔާ ލިބުނު ފަރާތަށް ގޮވައި ހޯދަން އުޅޭ މަންޒަރު ފެނުނު ނަމަވެސް ޔުމްނު ވެއްޓުނުކަން އެއްވެސް ފަރާތަކަށް ރިޕޯޓުކޮށްފައިނުވާކަން ހާމަކޮށްފައި އެވެ. އަދި ރައުދުގެ ކުޑަކަމުދާއެއްޗެހި ކެނެބިސްއަށް ފައްސިވެފައިވާކަމަށް އައިއޯ ވަނީ ފާހަގަކޮށްފައި އެވެ.

ކޯޓު އަމުރުގައި ފާހަގަކުރި ގޮތުގައި ރައުދުގެ ބަންދަށް މިއަދު ކުރު މުއްދަތެއް ދީފައިވަނީ ރައުދު އޭނާގެ ވަކީލާއި ބައްދަލުވެފައިނުވާތީ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside