
ޒިންމާ ނަގަން ޖެހޭނީ މި ރާއްޖޭގައި ބިރަކާ ނުލާ މަޖާކުރެވެން ޖެހޭ ކަމަށް ބުނެ އެކަން ޕްރޮމޯޓްކުރި މީހުން - ރައީސް
# ދިވެހި ފުލުހުންގެ ޙިދުމަތް--
މާލޭގައި ދާަދި ފަހުން ޒުވާން އަންހެނަކު އިމާރާތެއްގެ މަތީން ވެއްޓި ހިނގި ހާދިސާތައް ފަދަ ކަންކަމުގެ ޒިންމާ ނަގަން ޖެހޭނީ މި ރާއްޖޭގައި ބިރަކާ ނުލާ މަޖާކުރެވެން ޖެހޭ ކަމަށް ބުނެ އެކަން ޕްރޮމޯޓްކުރި މީހުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާލުވީ މިރޭ ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
ރައީސް ވިދާޅުވީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކަށް ބެލުމަކީ މާ މުހިންމު ކަމެއް ނޫން ކަމަށް ދައްކާ ބިރެއް ނެތި މަޖާކުރެވެން ޖެހޭނެ ކަމަށް ބުނެ އެކަން ބަޔަކު ޕްރޮމޯޓް ކުރި ކަމަށެވެ. އަދި އެމީހުން މިއަދު މަގުތަކަށް ނިކުމެ ޒުވާނުންނަށް އޮޅުވާލާ ޒުވާނުންގެ ހައްގުގައި ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހިނގި ހާދިސާއާމެދު ހިތާމަ ކުރައްވާކަން ހާމަ ކުރައްވައި ރައީސް ވިދާޅުވީ އެފަދަ ހާދިސާތަކުގެ ޒިންމާ ނަގަން ޖެހޭނީ ބިރެއް ނެތި މަޖާކުރުން ޕްރޮމޯޓް ކުރި މީހުން ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އަންހެން މީހަކު އިމާރާތަކުން ވެއްޓުނު މައްސަލައަށް ހަފްތާއެއް ވާން ގާތްވެފައި ވަނިކޮށް މިއަދުގެ ވަގުތެއްގައި މި މައްސަލައާއި ގުޅިގެން މީހަކު ވަނީ ހައްޔަރުކޮށްފައި އެވެ. މި ހާދިސާ ހިނގުމުގެ ކުރީން ޒުވާނުންތަކެއް މަސްތުވާތަކެއްޗާއި އެކު ސަރުކާރުގެ ވަޒީރެއް ދިރިއުޅެމުންދާ ގެއެއްގެ އެހެން ފަންގިފިލާއެއްގައި "ޕާޓީ" ކުރި ކަން މިހާރު ވަނީ ފަޅާއަރާފައި އެވެ. އަދި ވެއްޓުނު ކުއްޖާވެސް ވެއްޓުނު އިރު ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންނަށް ބޮޑެތު ތުހުމަތުތަކެއް ކުރަމުންދަނިކޮށް މިއަދު ފުލުހުން ވަނީ މި މަައްސަލައާއި ގުޅުންހުރި ސީސީޓީވީ ފުޓޭޖްތައް އާންމުކޮށްފައި އެވެ.
ގުޅުންހުރި

ޔުމްނު ވެއްޓުނުރޭ ރައުދުއާއި ދެމެދު ހަމަނުޖެހުމެއް ހިނގި - ފުލުހުން

މި ދައުރުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް ވުރެ މަތި - ސީޕީ
.jpeg&w=3840&q=75)
ރައުދުގެ މަގްޝޮޓް އާންމުކޮށްފި
