
--
އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ނ. މަނަދޫގައި 4 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

އެމްޓީސީސީން ބުނީ ޕްރޮޖެކްޓު ސައިޓު މޯބަލައިޒް ކޮށްފައިވަނީ އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ތަރައްޤީކުރުމުގެ މަޝްރޫއު އާއި ކުޑަކުދީންގެ ޕާކެއް ހެދުމާއި އައުޓްޑޯ ޖިމެއް ހެދުމުގެ އިތުރުން ޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރު މަޝްރޫއުއަށް ކަމަށެވެ.
އެމްޓީސީސީން ބުނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަކިވަކި ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ނުފެށި ނުވަތަ ހުއްޓިފައިހުރުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މު ޙައް މަދު މުއިއްޒުގެ އިސްނެންގެވުމާއި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާއި ހަވާލުކުރެވިފައިވާ ކަމަށެވެ.
މިގޮތުން 3,000 މީހުންގެ އާބާދީއެއް ދިރިއުޅޭ ނ. މަނަދޫ ރައްޔިތުންނަށް މިފެށިގެންދާ މަޝްރޫއުތަކުގެ މަސައްކަތް ފުރިހަމަކުރެވުމާ އެކު މިރަށުގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ގުޅުންހުރި

އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މިލަންދޫގެ ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

މާކުރަތު ޕޮލިސް ޕޯސްޓު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއު: ބިން ހިއްކުން ނިމި ރިވެޓްމެންޓުގެ މަސައްކަތްތައް ކުރިޔަށްދަނީ
