
ހޫތީންގެ އިޒްރޭލަށް އަމާޒުކޮށް މިސައިލްތަކެއް އުދުއްސާލުމާއި އެކު އިޒްރޭލުގެ މައި އެއާޕޯޓު ބަންދުކޮށްފި
# ހޫތީންހޫތީން އިޒްރޭލަށް އަމާޒުކޮށް މިސައިލްތަކެއް އުދުއްސާލުމާއި އެކު އިޒްރޭލުގެ މައި އެއާޕޯޓު ބަންދުކޮށްފި އެވެ.

ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ޔަމަނުން ދެ މިސައިލް ފޮނުވާލުމާ ގުޅިގެން އެގައުމުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތަކުގެ ސައިރަންތައް އެކްޓިވޭޓްވެފައިވާ ކަމަށެވެ. އަދި ހަމަލާތައް ހުއްޓުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އިޒްރޭލުގެ ފުލުހުން ވަނީ ރޮކެޓް އިމްޕެކްޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ހަމަލާ އަމާޒުކުރި ސަރަހައްދުގެ ރައްޔިތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ތިބުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި ހަމަލާއާއި ގުޅިގެން އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުން ވަނީ އިޒްރޭލުގެ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެއާޕޯޓު ބަންދުކޮށްފައި އެވެ.
މި ހަމަލާއާއި ގުޅިގެން ހޫތީން އަދި މިހާތަނަށް ބަހެއް ބުނެފައި ނުވެއެވެ. ނަމަވެސް ކުރިޔަށް އޮތް ގަޑިތަކުގައި ހަމަލާއާއި ގުޅޭ ތަފްސީލްތަކެއް ހޫތީންގެ ތަރުޖަމާނު ހަމާކުރައްވާނެ ކަމަށް ހޫތީންގެ ބާރުގެ ދަށުގައި އޮތް މީޑިއާތަކުން ދަނީ ބުނަމުންނެވެ.
ގުޅުންހުރި

އެމެރިކާގެ ދެ އުޅަނދަކަށް ހަމަލާދީފިން - ހޫތީން

ޔަމަނުގެ މަތިން އުދުހެމުންދިޔަ އެމެރިކާގެ ޑްރޯނެއް ހޫތީން ވައްޓާލައިފި: މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވައްޓާލި ދެ ވަނަ ޑްރޯން!

އިޒްރޭލުގެ މައި އެއާޕޯޓަށް އަމާޒުކޮށް ހޫތީން މިސައިލް ހަމަލާއެއް ފޮނުވާލައިފި
