logoEN
Sto top
އިރާނުން އެމެރިކާއާއި ފެށި މަޝްވަރާތަކުގެ ފުރިހަމަ ބާރު އިރާނުގެ ސިޕްރީމް ލީޑަރު ދެއްވީ އަރަގްޗީއަށް!

އިރާނުން އެމެރިކާއާއި ފެށި މަޝްވަރާތަކުގެ ފުރިހަމަ ބާރު އިރާނުގެ ސިޕްރީމް ލީޑަރު ދެއްވީ އަރަގްޗީއަށް!

އަހުމަދު ޝުރާއު

logo

4/12/2025, 1:14:45 PM

# އިރާން - އެމެރިކާ

--

މިހާރު އޮމާނުގައި ފެށިގެން ކުރިޔަށްދާ އެމެރިކާ-އިރާން މަޝްވަރާތަކުގައި ގޮތް ނިންމެވުމުގެ ބާރުތައް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ އެގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއަށް ދެއްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

Wamco

ރޮއިޓާސްއާ ހަވާލާދީ އީރާނުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ އީރާނުގެ މުހިންމު ހުރިހާ ސިޔާސަތުތަކެއްގެ އެންމެ ފަހުބަސް ވިދާޅުވާ ޚާމަނާއީ ވަނީ އޮމާންގައި ބާއްވާ މަޝްވަރާތަކަށް އަރަގްޗީއަށް "ފުރިހަމަ ބާރު" ދެއްވާފައި ކަމަށެވެ.

"ހަމައެކަނި ނިއުކްލިއާ މައްސަލައާ ގުޅޭ ގޮތުން ބާއްވާ މި މަޝްވަރާތަކުގެ މުއްދަތު ބިނާވާނީ އެމެރިކާގެ ސީރިއަސްކަމާއި ހެޔޮ އެދުމުގެ މައްޗަށް،" ނަން ނުޖެހުމަށް އެދި އޮފިޝަލް ވިދާޅުވި އެވެ.

ހެރާނުން ބޭނުންވަނީ ހަގީގީ އިންސާފުވެރި އެއްބަސްވުމެއް ކަމަށާއި މުހިންމު އަދި ތަންފީޒު ކުރެވޭ ހުށަހެޅުންތައް ތައްޔާރަށް އޮތް ކަމަށް ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީގެ އެޑްވައިޒަރު އަލީ ޝަމްޚާނީ މިއަދު ވަނީ ވިދާޅުވެފައި އެވެ. "ވޮޝިންޓަނުން މަޝްވަރާތަކަށް އައީ އިޚްލާސްތެރި ވިސްނުމަކާއި އެއްބަސްވުމަކަށް އައުމުގެ ހަގީގީ ވިސްނުމާއެކު ކަމަށް ވަންޏާ އެއްބަސްވުމަކަށް އައުމުގެ މަގު ވަރަށް ސާފުވާނެ،" ޝަމްޚާނީ ވިދާޅުވި އެވެ.

މަޝްވަރާތައް ފެށިގެން ގޮސްފައިވާއިރު އީރާނުން ވަނީ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ފަދަ ދިފާއީ ގާބިލުކަމާ މެދު މަޝްވަރާ ކުރުމަށް ދެކޮޅު ހަދާފަ އެވެ.

މިއަދު ފެށި މި މަޝްވަރާތަކުގައި އީރާނުގެ ވަފުދުގައި އިސްކޮށް ހުންނެވީ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެވެ. އިރާނުގެ އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓް ކަމަށްވާ އަރަގްޗީ އަކީ މީގެ ކުރިން އީރާނުގެ އެންމެ އިސް ނިއުކްލިއާ މަޝްވަރާވެރިޔާ އެވެ. އެމެރިކާގެ ފަރާތުން މަޝްވަރާތައް ބަލަހައްޓާނީ ސްޓީވް ވިޓްކޯފް އެވެ. ވިޓްކޯފް އަކީ ނިއުޔޯކްގެ ޕްރޮޕަޓީ ޑިވެލޮޕަރެއްގެ އިތުރުން ޓްރަމްޕްގެ ގާތް ރަހުމަތްތެރިއެކެވެ. މީގެ ކުރިން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާ ހަވާލުވެ ވަޑައިގެން ހުންނެވީވެސް އޭނާއެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ބުނީ އަރަގްޗީ ވެރިރަށް އޮމާނަށް ވަޑައިގަތުމަށްފަހު އޮމާންގެ އޮފިޝަލުންނާ ބައްދަލުކުރެއްވި ކަމަށެވެ. އީރާނުގެ ނިއުސް އެޖެންސީ ތަސްނީމް އިން ބުނި ގޮތުގައި މި ވަފުދުތަކުން ނުސީދާ ކޮށް މަޝްވަރާތައް ފަށާފައިވަނީ އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު ބިން ހަމަދު އަލް ބުސައިދީއާ ބައްދަލުކުރެއްވުމަށް ފަހުގައި ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside