logoEN
Sto top
6 އަތޮޅެއްގެ އައު ކައުންސިލް އިދާރާތަކުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލްތަކަށް ވާނީ ދެންނެވިފައި!

6 އަތޮޅެއްގެ އައު ކައުންސިލް އިދާރާތަކުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލްތަކަށް ވާނީ ދެންނެވިފައި!

އަހުމަދު ޝުރާއު

logo

3/26/2025, 7:42:39 AM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

--

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރޭގައި 6 އަތޮޅެއްގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށްރަށުގެ ކައުންސިލްތަކަށް ދެންނެވިފައިވާނެ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ހާމަކުރައްވައިފިއެވެ.

Wamco

މި ކަން ހާމަކުރެއްވީ ރޭ އެކްސްގައި މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރޭގައި ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅައި އަދި ދ. އަތޮޅުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށްރަށުގެ ކައުންސިލްތަކަށް ދެންނެވިފައިވާނެ ކަމަށެވެ.

މިނިސްޓަރގެ މި ޕޯސްޓްގައި، މި މަސައްކަތުގައި އުތީމު ކައުންސިލް ވަރަށް ކުރީގައި އޮތްކަން ހާމާކުރައްވާފައި ވެސް ވެއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ބިނާކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން މިހާތަނަށް އައިއިރު މި ވަނީ 13 ރަށެއްގެ ކައުންސިލް އިދާރާގެ ބިންގާ އެޅިފައެވެ. ބިންގާ ނޭޅި ހުރި ރަށްތަކުގެ ބިންގާ ވެސް ކައިރި ތާރީޚެއްގައި އެޅިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މެލޭސިއާގެ ހެކްސްޓަރ ގްލޯބަލްއާ ޙަވާލުކުރެވިގެން ކުރިއަށް ގެންދާ 55 ކައުންސިލް އިދާރާގެ، ޕްރޮޖެކްޓަކީ ދެ އަހަރާއި ބައިން ނިންމާ ގޮތަށް ޙަވާލުކުރެވިފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އެޅޭ ޢިމާރާތްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، އަދި ވަޞީލަތްތައް ޤާއިމްކުރެވިގެންދާނެ އޮފީސްތަކެކެވެ.

E living
ކޮމެންޓް
E living