logoEN
Sto top
ޤަވާއިދުން މަސްވެރިންނަށް ފައިސާ ދޭތާ 4 މަސް ވެއްޖެ ، މިހާތަނަށް 470 މިލިއަން ރުފިޔާ ދޫކޮށްފިން - ރައީސް

ޤަވާއިދުން މަސްވެރިންނަށް ފައިސާ ދޭތާ 4 މަސް ވެއްޖެ ، މިހާތަނަށް 470 މިލިއަން ރުފިޔާ ދޫކޮށްފިން - ރައީސް

އަހުމަދު ޝުރާއު

logo

4/17/2025, 5:44:17 PM

# ރައީސް މުއިއްޒު

--

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން، މިހާތަނަށް މަސްވެރިންނަށް 470 މިލިޔަނެއްހާ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާވެއްޖެއެވެ.

Wamco

ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވީއިރު، މަސްވެރިން ކިރުވާފައިވާ މަހަށް 250 މިލިޔަން ރުފިޔާ ނުދީ އޮތްކަމަށެވެ. އެހެންނަމަވެސް އެ ފައިސާ ދައްކާ ޚަލާސްކޮށް މިހާރު ދުވަހުން ދުވަހަށް ފައިސާ ދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"ބަރާބަރަށް ފައިސާ ދޭންފެށުމުން އޭގެ ހެޔޮ ނަތީޖާވެސް ދަނީ ފެންނަމުން. ކުރިން ފައިސާ ނުދެވުމުގެ ސަބަބުން މަސްދޯނިތަކުން އެތައް ޒުވާނުންނެއް ފޭބި. ނަމަވެސް މިހާރު އެ ފޭބި ޒުވާނުން މަސްދޯނިތަކަށް ދަނީ އަރަމުން. ބޭނުންވަނީ ދޯނިތަކުގައި ގެންގުޅޭ ބޭރު މީހުންގެ ބަދަލުގައި ދިވެހިން ދޯނިތަކަށް ދާން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކުރިއަށް އޮތްތަނުގައިވެސް މަސްވެރިންނަށް ބަރާބަރަށް ދުވަހުން ދުވަހަށް ފައިސާ ދޫކުރަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside