
--
ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު ސަރަޙައްދުގައި އިމާރާތްކުރާ ދާއިމީ މިސްކިތްތަކުގެ ތެރެއިން، ދާއިމީ ތިން ބުރީގެ މިސްކިތެއް މެއި މަހުގެ ފަހުކޮޅު ހުޅުވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ މިއަދު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައެވެ.
ވަޒީރު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މިއަހަރު ހުޅުވިގެންދާނެކަމަށާއި ވުޒާރާގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 ގެ ވަގުތީ ހުރިހާ މިސްކިތްތަކެއް ނިމުމަކަށް ގެނައުން ކަމަށެވެ.
މެއި މަހުގެ ފަހުކޮޅު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ ފަރާތަކުން އިމާރާތް ކުރާ މިސްކިތެކެވެ. އެ މިސްކިތުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައްކަން ފާހަގަކޮށްލެވެއެވެ.
ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމަށްޓަކައި މިހާރުވެސް ގިނަ މިސްކިތްތަކެއް އިމާރާތް ކުރެވެމުންދާއިރު، މި މިސްކިތްތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް އިމާރާތް ކުރާ ފަރާތްތަކާއި ގުޅިގެން ކުރަމުންނެވެ.
ގުޅުންހުރި

ފޯރިގަދަ އީދަކަށް ހުޅުމާލެވެސް ތައްޔާރު: އީދު ވެދުމާ ދިޔުމާއި އީދު ހުޅު ރޯކުރުން މިރޭ!

ހުޅުމާލޭގެ ރަމްޒަކަށް 100 މީޓަރުގެ އައިކޯނިކް ޓަވަރެއް އަޅަނީ

ހުޅުމާލޭގެ އައު މާސްޓަރޕްލޭނަކީ ދުރުރާސްތާއަށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޔަޤީންކުރެވޭނެ މާސްޓަރޕްލޭނެއް
