logoEN
Sto top
ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އާރްޑީސީން ތައްޔާރުވަނީ

ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އާރްޑީސީން ތައްޔާރުވަނީ

އަހުމަދު ޝުރާއު

logo

4/17/2025, 5:38:04 PM

# ހއ ކެލާ

--

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން މިއަދު ބުނެފި އެވެ.

Wamco

އާރްޑީސިން މިއަދު ބުނީ ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ޓަކައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ އެ ކޯޕަރޭޝަނާއެކު ސައިޓް އިންްސްޕެކްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

މި މަސައްކަތް ނިމިގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލްއައިޑެންޓިޓީގެ އަސްލުތަކާ އެއް ގޮތަށް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެއެވެ.

އަދި އެ ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް ނެޝަނަލްއައިޑެންޓިޓީ ނުވަތަ ޤައުމިއްޔަތު މަޝްރޫޢުގެ ދަށުން ކޮންމެ ރަށެށްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫޙެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއްވާނެ އަމާޒެއް ކަމަށްވެސް އެވުޒާރާގެ ވަޒީރު އާދަމް ނަސީރު ވަނީ މީގެ ކުރިން ވިދާޅުވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside