
ފާއިތުވި ހަފްތާގައި ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން 270 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވި!
# ޣައްޒާފާއިތުވި ހަފްތާގައި ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން 270 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސޭވް ދަ ޗިލްޑްރަން ނަމަކަށް ކިޔާ ޖަމިއްޔާއަކުން މިއަދު ބުނީ އިޒްރޭލުން ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށި ފަހުން މި ހަފުތާގެ ތެރޭގައި 270 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. ޣައްޒާގައި ހުންނަ ސޭވް ދަ ޗިލްޑްރަންސް ހިއުމެނިޓޭރިއަން ޑައިރެކްޓަރު ރަޗެލް ކަމިންގްސް ވިދާޅުވީ ހުއްޓުމެއްނެތި ދެމުންދާ ވައިގެ ހަމަލާތަކާއި އެކު ޣައްޒާގެ ހޮސްޕިޓަލްތައް ހަލާކުވެ، ކުޑަކުދިން ޝަހީދުވަމުންދާއިރު މުޅި ދުނިޔެ އޮތީ ހިމޭނުން ކަމަށެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމަ އަލުން ފެށުމަކީ ޣައްޒާގެ ކުޑަކުދިންނަށް މަރުގެ އަދަބެއް ކަމަށެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ފެށި ފަހުން މިހާތަނަށް 17،900 އަށް ވުރެ ގިނަ ކުޑަކުދިން ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ތަފާސްހިބާުތަކުންވެސް ދައްކައެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ބުނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށިފަހުން މި ހަފްތާގެ ތެރޭގައި 792 މީހުން ޝަހީދުވެ 1663 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.އޮކްޓޯބަރު 7، 2023 ގައި ފެށި ހަނގުރާމައިން ޝަހީދުވި މީހުންގެ އަދަދު 50،144 އަށް އަރާފައިވާއިރު، 113،704 މީހުން ޒަހަމްވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ގުޅުންހުރި

އިޒްރޭލުގެ އަނިޔާވެރިކަން އިންތިހާއަށް: ކުޅެން ތިބި ކުދިބަޔަކަށް އަމާޒުކޮށް ބޮން އަޅައި 8 ކުޑަކުދިން ޝަހީދުކޮށްލައިފި

މިވަގުތާއި ހަމައަށް ޣައްޒާއިން މިއަދު 43 މީހަކު ޝަހީދުކޮށްލައިފި: އެންމެ ގިނަ ބަޔަކު ޝަހީދުކޮށްލީ ޚާން ޔޫނުސްއިން!

ގަތުލުއާންމުއަށް އިތުރު އެހީ ހޯދަން ނިރުބަވެރި ނަތަންޔާހޫ މާދަމާ އެމެރިކާއަށް!

މިއަދުގެ މިވަގުތާއި ހަމައަށްވެސް ޣައްޒާއިން 30 މީހަކު ޝަހީދުކޮށްލައިފި
ފަހުގެ

އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންނަށް ވިޔަފާރި މެނޭޖްމަންޓް ތަމްރީނެއް ހިންގައިފި

"އޮޅުހިޔާ" އަށް ބޭނުންވާ އިތުރު ސާމާނުތައް ހޯދާ، އިތުރަށް ބުޅާ ގެންދިއުމުގެ މަސައްކަތް ކުރަނީ

ޖޭއެސްސީގެ މެންބަރުކަމަށް ޝަހީދު ޢައްޔަންކުރައްވައިފި

ސައްޚަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިއަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
.webp&w=3840&q=75)
ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް - ރައީސް
